ޚަބަރުސިޔާސީ

ސަފާރީ ރޭޕް ކޭސް އޮއްބާލަން ރައީސް ސޯލިހު ސީޕީ ހަމީދަށް އޯޑަރު ދިން: ރައީސް ނަޝީދު

2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ އޮއްބާލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަށް އޯޑަރު ކުރެއްވި ކަމުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ އާއިލީ ބޭފުޅެއް ކަމުގައިވާ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޖީހާން މަހުމޫދުގެ ފިރިމީހާގެ މައްޗަށް ތުހުމަތު ކުރެވޭ ސަފާރީ ރޭޕްގެ މައްސަލަ އޮއްބާލުމަށް ރައީސް ސޯލިހު ސީޕީ ހަމީދު އަށް އިރުޝާދު ދެއްވި ކަމުގައެވެ.

އެ މައްސަލާގައި 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ކުށުގެ ވެށިން ހައްޔަރު ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ ދޫކޮށްލި އެވެ. ދޫކޮށްލި މީހުންގެ ތެރޭގައި މެންބަރު ޖީހާންގެ ފިރިމީހާ ލ. ގަން، ތުނޑި، ނޫރަންގެ އަބްދުﷲ ޝާންވެސް ހިމެނެއެވެ. އާންމުންގެ ޕްރެޝަރު ބޮޑުވުމުގެ ސަބަބުން ޝާންގެ މައްޗަށް ދައުވާ އުފުލުމަށް ހުޅުމާލެ ކޯޓަށް ހުށަހެޅީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގައެވެ. އޭނާގެ މައްޗަށް ކުރަނީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން، ގައިގާ އަތްލުމުގެ ކުށުގެ ދައުވާއެވެ. އެކަމަކު ޝާންގެ ޝަރީއަތް ކުރިޔަށް ދާ ނުދާގޮތެއް އަދިވެސް ނޭނގެއެވެ.

ބެލެވޭގޮތުގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން މިހާ ބޮޑަށް ގޯސްވެގެން އުޅެނީ، ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ލިވާތު ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމާ ގުޅިގެންނެވެ.

2 Comments

  1. ތިރޭޕުކޭސްގެމައްސަލަވެސް މިސަރުކާރުބަދަލުވީމަބަލާހައްގުއަދަބުދެވޭނެ
    ތިމީހުންހާވާފަހުރިހަޑިމުދުދާރުއަމަލުތަށްފަޅާއަރާކަށްމާގިނަދުވަހެއްދެންނެތް ބާކީ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button