ޚަބަރު

ބޮމުގެ ހަމަލާގެ ތުހުމަތު ކުރެވުނު ފާތިހަށް ދައުވާ ނުކުރަން ނިންމީ ޕީޖީ: ފުލުހުން

މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަމަ ދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތުހުމަތު ކުރެވުނު އަހުމަދު ފާތިހަށް ދައުވާ ނުކުރަން ނިންމީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ނަޝީދަށް ހަ.މަލާ ދިން އިރު, ލ.ގަން/ތުނޑި ދުންފިނި އުފާ، ފާތިހު ފުލުހުންގެ ވަޒީފާގައި ހުރި ކަމަށް ފަތުރާ ވާހަކަތަކަކީ ދޮގެއް ކަމުގައެވެ.

އަހުމަދު ފާތިހު

ބޮމުގެ ހަމަލާގެ ތުހުމަތުގައި ފާތިހު ހައްޔަރުކޮށް، ތަހުގީގު ނިންމުމަށްފަހު އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުން ހެކި ނެތްކަމަށް ބުނެ ދައުވާ ނުކުރީ ޕީޖީ އޮފީހުންކަން ފުލުހުން ފާހަގަކުރިއެވެ.

މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 5 ވަނަ ދުވަހު ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ފާތިހުގެ މައްޗަށް ދައުވާ ކުރެވޭވަރުގެ ހެއްކެއް ނެތް ކަމުގައެވެ.

ފުލުހުންގެ އިންޓެލިޖެންސްގައިވެސް މަސައްކަތް ކޮށްފައިވާ ފާތިހު އަކީ ހަމަލާ ޕްލޭން ކުރި ޓީމުގައި އޭނާ އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ފޯނު ކޯލު ރިކޯޑިން ތަކެއް ތަހުގީގަށް ލިބިފައިވާ މީހެކެވެ. އަދި ބޮންގޮއްވާލުމުގައި އިސްކޮށް އުޅުނު ވ.ތިނަދޫ ހިޔާ އަހުމަދު އަދުހަމް ރަޝީދު ފިލަން އެހީތެރިވުމަށް، މއ. ފޭރުގެ މުޖާޒް އަހުމަދު ގާތާށް އޭނާ ގެންގޮސް ދިން މީހާއަކީވެސް ފާތިހެވެ.

“ފާތިހު ބުނަނީ އަދުހަމަށް ލިފްޓެއް ދިން ވާހަކަ އެކަނި. އިތުރު ކަމެއް އެނގޭ ކަމަކަށް ނަހަދާ.” ޕީޖީ އޮފިޝަލަކާ ހަވާލާދީ ”ބޮންތި“ މައުލޫމާތު ދިން މީހާ ބުންޏެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަންޑު ނުކުރާކަމަށް ފުލުހުން ބުނެފައިވާއިރު އެމަނިކުފާނުގެ އާއިލާއިން އެކަން ގަބޫލެއް ނުކުރެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button