ވިޔަފާރި

ކުޑަކުދިންގެ ދުވަހާއި ގުޅިގެން ޕިއްޒާ ކިޗަންގެ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓެއް

ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހާއި ގުޅިގެން، ޕިއްޒާ ކިޗަންގެ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓެއް ދޭން އެ ރެސްޓޯރަންޓުން ނިންމައިފިއެވެ.

ޕިއްޒާ ކިޗަންގެ މި ހާއްސަ އޮފާއާއި ގުޅިގެން މައުލޫމާތު ދެއްވަމުން އެ ރެސްޓޯރަންޓުން ބުނީ، ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހާއި ގުޅިގެން އެ ރެސްޓޯރެންޓުން ނަންގަވާ އޯޑާތަކަށް %10 ގެ ޑިސްކައުންޓެއް ދިނުމަށް ނިންމަވާފައިވާކަމަށެވެ.

މިގޮތުން އޯޑަރ ކުރައްވަން ބޭނުން ފަރާތްތަކުން ޕިއްޒާ ކިޗަންގެ ނަންބަރު 3356565 ނަންބަރަށް ގުޅައިގެންވެސް ނުވަތަ 7876565 އަށް ވައިބަރ ކޮށްލައިގެންވެސް އޯޑަރ ކުރެވޭނެ ކަމަށާއި، މާލެ އާއި ހުޅުމާލޭގެ ކޮންމެ ސަރަހައްދަކަށްވެސް ޑެލިވަރީ ކޮށްދޭނެކަމަށް އެ ރެސްޓޯރެންޓުން ބުނެއެވެ.

ޕިއްޒާ ކިޗަންއިން މިވަގުތު ޑައިން އިންގެ ޚިދުމަތް ދިނުން މެދުކަނޑާލާފައިވީނަމަވެސް އަންނަ ހަފްތާގައި ޑައިން-އިންގެ ޚިދުމަތް ވެސް އެތަނުން ލިބޭނެކަމަށް އެ ރެސްޓޯރެންޓުން މައުލޫމާތުދެއެވެ.

ޕިއްޒާ ކިޗަން ހުންނާނީ ހުޅުމާލޭގެ ހިތިގަސް މަގުގެ 6 ވަނަ ގޯޅީގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button