
ތިލަމާލެ ބުރިޖު ގިރާވަރު ފަޅާއި ހަމައަށް އަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ގިރާވަރު ފަޅަކީ މާލެ އާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅުވާލަން އަޅާ ތިލަމާލެ ބްރިޖު ގެންދެވޭނެ ހިސާބެއް ކަމުގައެވެ.
ރައީސް ވިދާޅުވީ ތިލަމާލެ ބްރިޖަކީ ރާއްޖޭގާ މިހާތަނަށް ހިންގޭ އެންމެބޮޑު އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓް ކަމުގައެވެ. އެމަނިކުފާނު ވިދާޅުވީ ބްރިޖުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާކަމުގައެވެ.
”މިބްރިޖްގެ ސަބަބުން މިސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަކަމާ ކުރިއެރުމާ ދުވެލި ލިބިގެންދާނެ.“ ރައީސް ވިދާޅުވިއެވެ.
ގިރާވަރަކީ މީގެ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެރަށުގެ މީހުން ބަދަލު ކުރީ މާލޭގެ މާފަންނު ސަރަހައްދަށެވެ. ފަޅު ބޮޑު އެރަށަކީ މިހާރު ރިސޯޓެކެވެ.