ޚަބަރުސިޔާސީ

‏ރައްޔިތުން ނިކުމެ ޗީފް އޮފް ޑިފެންސް ފޯސްގެ ޔުނީފޯރމް ވީދާލާ މަގާމުން ދުރުކުރަން ވާޖިިބު ވެއްޖެ: ނަރީޝް

‏ރައްޔިތުން ނިކުމެ ޗީފް އޮފް ޑިފެންސް ފޯސްގެ ޔުނީފޯރމް ވީދާލާ މަގާމުން ދުރުކުރަން ވާޖިިބު ވެއްޖެ ކަމުގައި މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔާރ އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގެ ތިބުމާއި ދެކޮޅު ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ސިފައިންގެ އިސް ހުރިހާ އޮފިސަރުން ދެކޭ ކަމަށް ޗީފް އޮފް ޑިފެންސް މޭޖާރ ޖެނެރަލް އަބުދުالله ޝަމާލް ވިދާޅުވީމާ ގައުމަށް ގައްދާރުވެފައި ވާމިންވަރު ސާފުވާ ކަމަށެވެ.

ނަރީޝް އިތުރަށް ވިދާޅުވީ ގައުމު ހިމާޔަތް ކުރަންޖެހޭ މީހުން ރައްޔިތުންގެ ފައިސާއިން މުސާރައާއި އިނާޔަތް ނަގައިގެން ގައުމު އަޅުވެތިކުރަން އިސްވީމާ ދެން ގައުމުގެ މިނިވަންކަމެއް ނޯންނާނެ ކަމުގައެވެ.

ނަރީޝް މިފަދައިން ވިދާޅުވެފައި މިވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގާ ހަރަކާތް “އިންޑިއާ އައުޓް” ގެ އަޑު ގަދަ ވެފައި ވަނިކޮށެވެ.

 

One Comment

  1. އިންޑިޔާއިން ދެބިހުންއެއްބިސް ދަބަރުމާރިޔާއާއި ގައްދާރުޝަމާލު ގައްދާރުރަހީމުހޯދާގެންކާބަލަ އަހަރުމެން މިހާރުވެސް ފަހުންވެސް ބިސްކާނީ އިންޑިއާ ސުސީލންކާ ޕާކިސްތާނުން ވެސްގަނެގެން

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button