ޚަބަރުސިޔާސީ

ގިރާވަރުން 2000 ގޯތި ދޫކުރަނީ

މާލެ ކައިރީގައި އޮންނަ ގިރާވަރު ފަޅު ހިއްކާ އެތަނުން މަދުވެގެން 2،000 ގޯތި މާލޭ މީހުންނަށް ދޫކުރާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ ބޯހިޔާވަހިކަމުގައި މާލޭ މީހުންނަށް އޮތް ދައްޗާއި ތަކުލީފު ވަރަށް ބޮޑު ކަމަށާއި އެ މައްސަލައާ ގުޅޭ ގޮތުން ކުރެވުނު ކަންތަކަށް ވުރެ ގިނައިން ވާހަކަފުޅު ދެއްކެވޭ ކަމުގެ އިހްސާސް ކުރެވޭ ކަމުގައެވެ.

މީގެ އިތުރުން މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމަށް އަޅުގަނޑު ނިންމައިފިން. އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެެގެން 1،000 ގޯތި، ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދޭނަން. މި މަސައްކަތް މި އަހަރުގެ ޖޫންގައި ފަށާނަން. އަދި ގިރާވަރު ފަޅުން ހިއްކާ ބިމުން ވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނަން،“ ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ސޯލިހު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިންމަވާލައްވާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް ރޯނުދަމާ އަދި ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށް ފަހު ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button