
ހުޅުމާލޭ ބިމުން ޕާޓީ މީހުންނަށް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުރުސަތު ހޯދައިދޭގޮތް ބަލާނެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅޫމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލޭގެ ބިމުން ޕާޓީ މީހުންނަށް ފުރުސަތު ހޯދައިދިނުމަށް އުސޫލްތަކާއި ހިލާފަށް ބިމާއި، އިމާރާތް ތަކުން ދޭ ފުރުސަތުތައް ބަލާނެ ކަމުގައެވެ.
”ޕްރޮސެސް ހިންގާފައިވަނީ އުސޫލުން ބޭރުން ނަމަ، އެ އެގްރީމެންޓެއް ބާތިލްވާނެ. އެޗްޑީސީއިން މިކަންކަމުގައި އަމަލު ކުރާގޮތުގެ ޝަކުވާ ލިބޭ.“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ފާހަގަކުރެއްވިގޮތުގައި ހުޅުމާލޭގެ ރައްޔިތުންނަށް އެރަށުގެ ބިމުން އިސްކަންދެވޭނެ ތަރުތީބެއް އޮންނަން ޖެހޭނެ އެވެ.
ހުޅުމާލޭގެ ރައްޔިތުންނަށް ހުަޅުމާލެ ބިމުން އިސްކަންދެވޭނެ ތަރުތީބެއް އޮންނަން ޖެހޭނެ.މާނަ އަކީ ހުޅުމާލެ ރައްޔިތުންނޫން ފަރާތްތަކަށް ފުރުޞަތު ލިބިގެން ނުވާނެ އެކޭނޫން!ނަމަވެސް ހުޅުމާލެ ރައްޔިތުންނަށް ހުޅުމާލޭ ގައި ވިޔަފާރި ކުރުމަށް ހުޅުވޭ ފުރުޞަތުން އިސްކަން ލިބެންޖެހޭނެ.2/2
— Ibrahim Shujau (@IbrahimShujaau) January 19, 2022
އެ ޓުވީޓަށް ހުޅުމާލޭގައި ދިރިއުޅޭ އާންމުންގެ މީހަކު ކޮށްފައިވާ ރިޕްލައިގައިވާގޮތުން ހުޅުމާލޭގަ އުޅޭ ބިންވެރިންނާއި، ފްލެޓްވެރިން ގެ 90 އިންސައްތަ އަކީ މިހާތަނަށްވެސް އުސޫލުން ބޭރުން ބިންތަކާ ފްލެޓްތައް ލިބިގެން ގަނެގެން އުޅޭ މީހުންނެވެ.