
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫން ގޮތެއް ހޯދުމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެދުގައި އެ އެއްބަސްވެވޭ ކެނޑިޑޭޓަކަށް ތާއީދުކުރައްވައި، އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ނިންމަވައިފިއެވެ.
ޝުޖާއު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެންޕީއާއި، ދަ ޑިމޮކްރެޓްސްގެ އިތުރުން ޖޭޕީގެ އިސްނެންގެވުމާއި އަދި ތާއީދާއެކު، ގައުމީ މަސްލަހަތު އިސްކޮށް، ކުރިޔަށް ނެރުމުގެ މަތިވެރި ނިޔަތުގައި ރައީސް ސޯލިހު ނޫން ގޮތެއް ހޯދުމަށް ރިޔާސީ އިންތިހާބުގައި އެއްބަސްވެވޭ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމަށް، އޭނާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވި ނިންމެވުން އަނބުރާ ގެންގޮސްފައިވާ ކަމުގައެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލް ”ބޮންތި“ ނޫހާ ހިއްސާ ކުރައްވަމުން ޝުޖާއު ވިދާޅުވީ އޭނާ އަކީ އަމިއްލަ ޒާތީ މަންފާއަށްވުރެ ބޮޑަށް ރައްޔިތުންގެ ހެވާއި، ލާބައަށް މަސައްކަތްތައް ކުރައްވަން ބޭނުންވާ ބޭފުޅެއް ކަމުގައެވެ.
ޝުޖާއު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށާއި އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
#IbuNoonGotheh , eh candidate akah thaaeedhukoh @MNP_Secretariat @TheDemocratsMV @JPSecretariat ge initiative aa ehkoh, qaumee masalahathu iskoh, kuriah dhaan nimmaifin. Shukuriyaa @nazim7878 Raees @MohamedNasheed pic.twitter.com/m9HoRxaz1o
— Shujau Hussain (@alameershujau) July 24, 2023
ޝުޖާއު ވަނީ މި ކަމާ ގުޅިގެން އެދެބޭފުޅުންނާ ވަކިން ބައްދަލު ވެސް ކުރައްވައި މަޝްވަރާ ކުރައްވާފައެވެ.
ކިތައް ވޯޓު ލިބޭނެ ބޭކަލެއްބާ ތިޔައީ!