
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމާ ބައްދަލު ކުރަން އެމަނިކުފާނުގެ ވަކީލުން ޖަލަށް ދިއުމުން ހޯމް މިނިސްޓަރ އިމްރާން އަބްދުالله އެކަމަށް ހުރަސް އަޅުއްވައިފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ވަކީލުންގެ ބައްދަލުވުމަށް ޖަލު އޮފިސަރުން ގާނޫނުގެ ބޭރުން ހުރަސް އެޅިކަމަށް ވިދާޅުވެފައެވެ.
”ވަކީލާ މުވައްކިލުގެ ދުސްތޫރީ ހައްގަކީ އިމްރާން ބޭނުންވާ މިންވަރަށް އޮންނަ އެއްޗެއްތޯ؟“ ޖަމީލު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ޝަރީއަތުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ދުސްތޫރީ މައްސަލައެއް އެމަނިކުފާނުގެ ފަރާތްޕުޅުން އިއްޔެ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާ ފައެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ކެންޑިޑެންސީ ކަށަވަރު ކުރުމަށްވެސް ގާނޫނީ ޓީމުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.
މިއަދު 13:00 ގައި އެމަނިކުފާނުގެ ވަކީލުން ނޫސްވެރިންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.