ޚަބަރުސިޔާސީ

ވެރިއެއްގެ އެންމެ އަސާސީ ސިފައަކީ އިތުބާރު: ޑރ.ޖަމީލު

ވެރިއެއްގެ އެންމެ އަސާސީ ސިފައަކީ އިތުބާރު ކަމުގައި ކުރީގެ ނާއިބް ރައީސް، ޑރ. މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ އެކްސް ކުރެއްވި ޕޯސްޓެއްގައެވެ.

ޕޯސްޓުގައި ވިދާޅުވެފައިވަނީ ވެރިއެއްގެ އެންމެ އަސާސީ ސިފައަކީ އިތުބާރުކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒަކީ ވައުދުވެވަޑައިގަތުމަށް ވަރަށް ފަރިތަ ބޭފުޅެއް ކަމުގައެވެ. އެކަމަކު އެމަނިކުފާނަކީ އެ ވައުދު ހަނދުމަފުޅުން ފޮހެލައްވަން ފަރިތަ ބޭފުޅެއް ކަންވެސް ޖަމީލު ފާހަގަކުރެއްވިއެވެ.

އެގޮތުން ޑރ.މުއިއްޒު ވެވަޑައިގެން އެންމެ ފުރަތަމަ ވައުދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަން ކުރުން ކަމަށް ވީއިރު، މިއަދު އެ ވައުދު ވަނީ ގެއްލިފައި ކަމަށް ވިދާޅުވިއެވެ. އަދި އެ ވައުދަށް ހިޔާނާތްތެރި ވުމަކީ ރައީސް ޔާމީންގެ ބުރަކަށްޓަށް ވަޅިހެރުން ފަދަ ކަމެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު އާއި ރައީސް ޔާމީންގެ ގުޅުން ގޯސް ވެފައިވަނީ މި ސަބަބުތަކަށްޓަކައި ކަމުގައި ޖަމީލު އާއި ޔާމީންގެ ޓީމުން ބުނަމުންދާއިރު، މުއިއްޒުގެ ޓީމުން ބުނާގޮތުގައި ޔާމީންގެ ޝަރީއަތަށް އަތް ބާނާ ވާހަކައަކީ ބުހުތާނެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button