ޚަބަރުސިޔާސީ

ރައީސް ސޯލިހް ޓެކްސްގެ ނަމުގައި ލޫޓުވުމާއިގެން ދާއިރު ކޮންމެ ދިވެއްސެއްގެ ބޮލުގައި މިލިއަނާ ކައިރިކުރާ ވަރަށް ދަރަނި އެބޮތް: ޑރ. ޖަމީލް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޓެކްސް ނެގުމުގެ ނަމުގައި ލޫޓުވުމައިގެން ބާރަށް ކުރިއަށް ދާއިރު ކޮންމެ ދިވެއްސެއްގެ ބޮލުގައި ބައި މިލިއަނާ ކައިރިކުރާވަރަށް ދަރަނި އެބައޮތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް ސޯލިހް ވަނީ ވެރިކަމުގެ 2 ވަނަ ދައުރެއްގެ ޝަރުތު ގެއްލިފައިކަމަށެވެ. އަދި ޓްކްސްގެ ނަމުގައި ލޫޓުވުން ބާރަށް ކުރިއަށް ދާކަމަށާއި ކޮންމެ ދިވެއްސަކަށް ބައި މިލިއަނާ ކާރި ކުރާވަރަށް ދަރަނި އޮތް ކަމަށެވެ.

އެމްޑީޕީން 2018 ވަނަ އަހަރު ވެފައިވާ ވައުދުތަކުގެ ތެރެއިން މަސްވެރިކަމުގެ ވިޔަފާރީގެ ދަށުން ”މަހަށް ނުކުމެ ބާނާ އެއްޗަކުން އިސްރާފުވުމެއްނެތި ހަމައަގު ލިއްބައިދެވޭނެކަމަށް“ ވެފައިވާ ވައުދުގެ ފޮޓޯ އެއް ހިއްސާކުރަމުން އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ، ދައުލަތުން ހަރަދުކުރަނީ އަމިއްލަ އެކައުންޓް ކަމަށް ހަދައިގެންކަމަށާއި، ވައުދު ފުއްދަން ނޭނގޭކަމަށާއި، ނާގާބިލްކަން ސާބިތުވެއްޖެކަމަށެވެ.

މި ޓްވީޓްގައި އެމަނިކުފާނު އެމްޑީޕީގެ މެނިފެސްޓޯގައި ދައުލަތުން ދަރަނި ސަލާމަތްކުރުމުގެ ނަމުގައި ވެފައިވާ ވައުދުގެ ފޮޓޯ އަދި މިހާރުގެ ރައީސް ސޯލިހްގެ ބަސްދީގަތުމެއްވެސް ހިމަނުއްވާފައިވެއެވެ.

ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑު ކުރުމާއި ގުޅިގެން ރައްޔިތުންގެ ގިނަ ފާޑު ކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button