ޚަބަރުސިޔާސީ

މިފަދަ މުހިންމު ދުވަހެއްގައި ރައީސް ޔާމީންގެ ޝަރީއަތް ހުއްޓިފައި އޮތުމަކީ އަނިޔާ: ޖަމީލް

ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާފައިވާ މިފަދަ މުހިންމު ދުވަހެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތް ހުއްޓިފައި އޮތުމަކީ އަނިޔާއެއް ކަމުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ލަސްވުމަކީ އެމަނިކުފާނަށް ކުރެވޭ އަނިޔާއެއް ކަމުގައެވެ.

”މި މުހިންމު ދުވަހުގައި ރައީސް މުއިއްޒު އަށް ހަނދާންކޮށްދޭން ބޭނުންވަނީ އެމަނިކުފާނު (ޔާމީން) ގެ ޝަރީއަތް ހުއްޓިފައި އޮތްކަން.“ ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވަނީ ރައީސް ޔާމީން މިނިވަންކޮށްދިނުމަށާއި ހާއްސަކޮށް މިފަދަ މުހިންމު ދުވަހެއްގައި ރައީސް މުއިއްޒު އަށް އެކަން ކުރެއްވޭނެކަން ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީންގެ ޝަރީއަތް ނިމި ހުކުމާ ހިސާބަށް މައްސަލަ ނިމިފައިވާއިރު، ހުކުމް ލަސްވަނީ ސަރުކާރުން ނުފޫޒު ފޯރުވާތީކަމުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަޕޯޓަރުން ބުނެއެވެ. އެކަމަކު ސަރުކާރުން އެކަން ދޮގުކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button