ޚަބަރުސިޔާސީ

އެމްޑީޕީއަކީ އުންމީދެއް އޮތް ޕާޓީއެއް ނޫންކަން މިއަދު ބުނެދެނީ ރަށު ޖަގަހަ ތަކުން: ޝުޖާއު

މިއަދު ⁦‪‬⁩އެމްޑީޕީއަކީ އުންމީދެއް އޮތް ޕާޓީއެއް ނޫންކަން ބުނެދެނީ ރަށުޖަގަހަ ތަކުން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މ. މަޑުއްވަރީ ޒުވާނުންނާއި ހަވާލާދެއްވާ ކުރެއްވި ޓްވީޓެއްގައި ޝުޖާއު ވިދާޅުވީ ރަށްރަށުގެ އާންމު މެންބަރުންނާއިމެދު އެފަދައިން ހިތުމަކީ އެ މެންބަރުން ހިތާމަކުރާ ކަމެއްކަމުގައެވެ.

މިއަދު ⁦‪އެމްޑީޕީ‬⁩ އަކީ އުންމީދެއް އޮތް ޕާޓީއެއް ނޫންކަން ބުނެދެނީ ރަށު ޖަގަހަ ތަކުން ކަމަށާއި، މަޖިލިސް މެމްބަރުންގެ ޖީބުތައް ފުރާ ބާރުކުރަމުންދާއިރު،ރަށު ޖަގަހަތައްވަނީ ފުނޑު ފުނޑުވެފައިކަމަށް ޝުޖާއު ގެ ޓްވީޓްގައި ވިދާޅުވިއެވެ.

އޭގެ އިތުރަށް އޭނާ ވިދާޅުވީ އެމްޑީޕީގެ ރަށު ޖަގަހަތަކުގެ ޓިނުކޮޅުވެސް ވަނީ ވަޔާގޮސް ވީރާނާވެފައި ކަމަށާއި، ވެރިކަމުގައި ޕާޓީ އޮވެމެ މިހާ ދެރަކޮށް ރަށްރަށުގެ އާންމު މެންބަރުންނާއިމެދު ހިތުމަކީ އެ މެންބަރުން ހިތާމަކުރާ ކަމެއްކަމުގައި މ.މަޑުއްވަރީ⁦‪އެމްޑީޕީ ‬⁩ ޒުވާނުންތަކެއް ޝުޖާއު އާއި ހިއްސާކުރެއްވި ކަމަށެވެ.

އެމްޑީޕީގެ ސަރުކާރަށް 4 އަހަރުވެގެން ދިޔައިރު ސަރުކާރުން ހަދަމުންދާ ގޯސްތަކާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކުދަނީ އެމްޑީޕީ އާއި ފެޔަށްޖެހެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button