
މާލެ ސިޓީ ކައުންސިލް ބަދުނާމުކޮށް ޓްވީޓްކުރުމަށް ސްޓެލްކޯގެ މުވައްޒަފުންނަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އެންގެވިކަމަށް ވިދާޅުވެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ޝަރީފަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
ސިޓީ ކައުންސިލްގެ 72 ވަނަ ރަސްމީ އާންމު ޖަލްސާގައި އިއްޔެ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ އެކަން ސީދާ އެހެންގޮތަކަށް ގެންދިއުމަށްޓަކައި ޝަރީފް ސީދާ ސްޓެލްކޯގެ މުވައްޒަފުންނަށް އަމުރު މައުރޫފް ހިންގެވި ކަމުގައެވެ. އަދި އޭނާ ވިދާޅުވީ މިއީ ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލެއް ބަދުނާމުކޮށްލަން ލިބުނު ރަނުގެ ފުރުޞަތެއް ގޮތުގައި ދެކިގެން ޝަރީފް މިކަން ކޮށްފައިވަނީ ޒިންމާދާރުކަން ކުޑަގޮތެއްގައި ކަމަށެވެ. ސްޓެލްކޯގެ އެމްޑީ ޝަރީފް މިކަން ކުރިއިރު މިއީ މާލޭގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަން ވިސްނިވަޑައި ނުގެންނެވީ ކަމަށް ޝުޖާއުގެ ވާހަކައިގައި ވިދާޅުވިއެވެ.
”އެތާގެ އެޗްއޯޑީންނަށް ސީދާ ޝަރީފް އެންގެވީ މިކަމުގަ ޕީޕީއެމްގެ ކައުންސިލެއް ބަދުނާމުކޮށްލަން ލިބުނު ރަނުގެ ފުރުސަތެކޭމީ“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މަސައްކަތްކުރުމަށް ހުއްދައަށްއެދި ސްޓެލްކޯއިން ނުބައި މެއިލްއަށް ފޮނުވާފައިވަނީވެސް މާލެ ސިޓީ ކައުންސިލް ބަދުނާމުކުރަން ޝަރީފްގެ ސީދާ އެންގެވުމަށް ކަމަށެވެ.
“ބޮޑުތަކުރުފާނުމަގު އެއްކޮޅުން އަނެއްކޮޅަށް ބޮޑު ކޭބަލްއެއް އަޅަން ފޮނުވަންޖެހޭ މެެއިލް ބަރާރަބަށް އަންނަންޖެހޭ މެއިލްއަކަށް ނޫންތޯ އަައީ“ ޝުޖާއު ވިދާޅުވިއެވެ.
އާންމުކޮށް މަގު ބަންދުކުރުމާއި އެފަދަ ކަންކަމާއި ގުޅޭ ހުއްދަތައް ކައުންސިލުން އެންމެގިނައިން ދޫކުރާ އެއްކުންފުންޏަކީ ސްޓެލްލޯކަމުގައި ޝުޖާއު ފާހަގަކުރެއްވިއެވެ. ޝުޖާއުގެ ވާހަކައިގައި ވަނީ ތަކުރާރުކޮށް މިކަމަކީ ސްޓެލްކޯގެ އެމްޑީ ޝަރީފް އަންގަވައިގެން މޭޔަރު މުޢިއްޒު އާއި ކައުންސިލަރުންގެ އަގު ވައްޓާލުމަށް ކުރު ކަމެއްކަމުގައި ވިދާޅުވެ ޝަރީފަށް ބޮޑެތު ތުހުމަތު ތަކެއް ކުރައްވާފައެވެ. މީގެއިތުރުން ސްޓެލްކޯގެ ލޮނު ހޮޅިއެއް ފަޅައިގެންގޮސް އާންމު ރައްޔިތުންގެ އުޅަނދުތައް ހަލާކުވަމުންދިޔައިރު ސްޓެލްކޯ އޮތީ ނިދާފަތޯ
ޝުޖާއު ދުވާލު އުފެއްދެވިއެވެ.
”އޭނަ އަކީ ރިޔާސީ އިންތިޚާބެއް ވަގަށްނަގާފަ ހުރި މީހެއް، އޭނަކޮށްފާނެ ކޮންމެފަދަ ކަމެއްވެސް“ ޝުޖާއު ވިދާޅުވިއެވެ.
މާލޭގެ ބޮޑުތަކުރުފާނުމަގަށް ސްޓެލްކޯގެ ލޮނުފެން ހޮޅިއެއްފަޅައިގެންގޮސް އެކަން ހައްލުކޮށްދިނުމަށް މާލެ ސިޓީކައުންސިލުން އެދިފައިވާކަމަށްބުނެ އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ކައުންސިލުން ސޯޝަލް މީޑިއާގައި ހިއްސާކުރި މަޢުލޫމާތާއި ގުޅިގެން ސްޓެލްކޯއިން މާލެ ސިޓީ ކައުންސިލް ބަދުނާމުވާގޮތަށް އެކުންފުނިން ރަސްމީކޮށް ސޯޝަލްމީޑިއާގައި ދޮގު މަޢުލޫމާތު ފަތުރާފައިވާތީ މާލެ ސިޓީކައުންސިލުން ވަނީ މިކަމުގެ ހަގީގަތް ހާމަކޮށް ނޫސްބަޔާނެއްވެސް ނެރެފައެވެ.
މީގެ އިތުރުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ސްޓެލްކޯގެ މި އަމަލު ކުށްވެރިކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ތީދެން ބޮޑުވެއްޖެ ކަމެއް ތީވޯޓު އޮޅުވާލިމީހާދޯއަބަދު ހަރާން ކައިކައި ހުރެވޭނެ ކަމައް މިކަލޭގެ ހީ ކުރަނީ މިނޫ.‘ ވެރިކަމެއް އައިސްފި ނަމަ މިބައި ގަނޑު ޖަލުގައި ބެއިތިއްބުން ނޫން ގޮތެއް ނެއް
Mikaleyge rayyithunnaa jassaalaigen mi ulhenee kenereege budgetin dhey Faisaa laigen the.90 haas gandu vote vagah negi.eves rayyithunge hahgeh.mihar rayyithun hovi bayakaa jassaalaigen eves rayyithunnaa jassaalun.meena mikanee rayyithunge Faisaa in noonkamah heekuraneebaa.midhen rayyithunnaa jehida oiy thuraalakah vejje
Dhen onna verikamegga umurah jalah laaan vee