ޚަބަރުސިޔާސީ

ފެނަކައިގެ އެމްޑީގެ އަނބިކަނބަލުންގެ އާއިލީ މީހަކަށް ޕްރޮޖެކްޓެއް ހަވާލުކުރި މައްސަލަ އޭސީސީއަށް!

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ އަނބިކަނބަލުންގެ އާއިލީ މީހަކަށް ޕްރޮޖެކްޓެއް ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

ފެނަކައިގެ މުވައްޒަފުންގެ ފަރާތުން އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެ ކުންފުނީގެ އެމްޑީ ސައީދުގެ އަނބިކަނބަލުން ޝާހިދާ އަބްދުﷲގެ އެއްބަނޑު އެއްބަފާ ބޭބެއެއް ކަމަށްވާ އަހުމަދު އަބްދުﷲ ދީދީގެ ހިއްސާ އޮންނަ ޝެލްޓަރ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ހދ.ކުރިނބީ ޕަވާހައުސްގެ ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމުގައެވެ.

އެގޮތުން އެކުންފުންޏާ އެއްކޮށް ހެދި އެއްބަސްވުމުގައި އެ މަސައްކަތުގެ އަގަކަށް 626،364.55 (ހަސަތޭކަ ސައްބީސްހާސް ތިންސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ފަންސާސް ފަސް ލާރި) ހަމަޖައްސާފައިވެއެވެ. އަދި އެއީ ކުންފުނީގެ އުސޫލުތަކާ ހިލާފަށް އެމްޑީ ސައީދުގެ މަގާމުގެ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ހޯދަމުންދާ ނުހައްގު މަންފާއެއް ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button