އަދާލަތާއި އެމްޑީޕީއަކީ ފައިސާ ފޮއްޗެއްގެ ދެ ފަރާތުގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ސިފަކުރައްވައިފިއެވެ.
ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީނުގެ އަގީދާއާ ގުޅިގެންވިޔަސް އަދާލަތުގެ އިސް އިލްމުވެރިން މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔަނީ ސިޔާސީ ބޭނުމަށް ކަމުގައެވެ.
”އެ 2 ޕާޓި ފައިސާ ފޮއްޗެއްގެ 2 ފަރާތް ފަދަ. ހޫނުގަދަ ކޮށްލަނީ ރައީސް ސޯލިހުގެ ރުހުން ހޯދަން.“ ޖަމީލް ވިދާޅުވިއެވެ.
ދީނުގެ އަޤީދާއާ ގުޅިގެންވިޔަސް އަދާލަތުގެ އިސް ޢިލްމުވެރިން ރައީސް ނަޝީދަށް ފާޑުކިޔަނީ ސިޔާސީ ބޭނުމަށް. އެ 2 ޕާޓި ފައިސާ ފޮއްޗެއްގެ 2 ފަރާތް ފަދަ. ހޫނުގަދަކޮށްލަނީ ރައީސް ޞާލިޙްގެ ރުހުންހޯދަން. ޢިލްމުވެރިންނަށް ކޮންމެ ގޮތެއް ވަރިހަމަވެ ޤައުމް އިންދިރާސްވެއްޖެ. pic.twitter.com/jDIxrmIhAC
— Mohamed Jameel Ahmed (@MJameelAhmed) January 6, 2022
އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި އިލްމުވެރިންނަށް ކޮންމެ ގޮތެއް ވަރިހަމަވެ ގައުމު ވަނީ އިންދިރާސް ނުވަތަ ނެތިގޮސް ވީރާނާ ވެފައެވެ.