ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރަށް 3 އަހަރު ވެގެންދިޔަރު އައު ވީއައިޕީ ޓާމިނަލަށް ފަރުނީޗަރުކޮޅު ވައްދާ ނުލެވުނު ކަމުގައި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މެންބަރު ސައީދު މިފަދައިން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ އައު ވީއައިޕީ ޓާމިނަލް މާދަމާ ހުޅުވަން ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
3 aharu nimigen midhiyaee,mithanah vadhdhaane furniture hoadhaanulevunu! Runway, Seaplane Terminal, Fuel Terminal aai Cargo Terminal ves hulhuvumah govaalan! Shukuriyyaa RYameen. https://t.co/NirZ4R6S4k
— Mohamed Saeed (@em_saeed) January 6, 2022
ސައީދު ވަނީ އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެއާޕޯޓުގެ އައު ރަންވޭ އާއި، ސީޕްލޭން ޓާމިނަލާއި، ފިއުލް ޓާމިނަލްގެ އިތުރުން ކާގޯ ޓާމިނަލްވެސް ހުޅުވާލަން ސަރުކާރަށް ގޮވާލައްވާފައެވެ.
އެއާޕޯޓުގައި އާ ވީއައިޕީ އިމާރާތް ހެދީ މިހާރުގެ ވީއައިޕީ އިމާރާތުގެ ފަހަތުގަ އެވެ. އެ މަސައްކަތް ކުރަނީ އެއާޕޯޓުގެ ގިނަ މަސައްކަތް ތަކެއް މިހާރުވެސް ކުރަމުންދާ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ފެށި ވެލާނާ އެކްސްޕެންޝަން ޕްރޮޖެކްޓަކީ 1 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.