ޚަބަރު

މާލޭގެ މަގުތައް މަރާމާތުކުރުން ސިޓީ ކައުންސިލް ބަޖެޓުގައި ހިމަނަން ފާސްކޮށްފި

މާލެސިޓީ ކައުންސިލުން މާލޭގެ މަގުތައް މަރާމާތުކުރަން ކައުންސިލުގެ 2024 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނަން ފާސްކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 111 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މި ޖަލްސާގައި ނިންމާފައިވަނީ މާލެ ސިޓީގެ ހަނި އަދި މެދު ސައިޒުގެ މަގުތައް އަލުން އެއްވަރުކޮށް ކާނުތައް އައުކޮށް ބަދަލުކޮށް މަރާމާތު ކުރުމަށެވެ.

’މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް’ގެ ނަމުގައި މާލޭ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ދެމެދު ސޮއިކުރި އެއްބަސްވުން އޮއްވައި ޕްލޭނިން މިނިސްޓްރީން ކައުންސިލާއި އާރްޑީސީ އާއެކު ހަދާފައި އޮތް އެއްބަސްވުން މީގެ ކުރިން ވަނީ ބާތިލުކޮށްފައެވެ.

ކައުންސިލުން ބުނީ މާލޭގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތްތަކަކީ މިދައުރުގެ ކައުންސިލުން ޚާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button