ޚަބަރުސިޔާސީ

އިންޑިއާ އައުޓް ގޮވާ މީހެއްގެ ކަންފަތް މަތީގަ ޖަހަންވީ: ފަލާހު

އިންޑިއާ އައުޓް ގޮވާ މީހެއްގެ ”ކަންފަތް މަތީގަ ޖަހަން“ ޖެހޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް މާރާމާރީއަށް ހިތްވަރު ދެއްވައިފިއެވެ.

މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އިސް ނަންގަވައިގެން އެމްޑީޕީ އިން މިއަދު ބޭއްވި މާލެ ސިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެންބަރު ފަލާހު ވިދާޅުވީ އިންޑިއާ އައުޓް ނުގޮވޭނެ ކަމުގައެވެ. އަދި އެކަން ހުއްޓުވޭނެ ހަމައެކަނި ގޮތަކީ އެހެން ގޮވާ ކޮންމެ މީހެއްގެ ކަންފަތް މަތީގައި ޖަހައިގެން ކަން ފަލާހު ފާހަގަކުރެއްވިއެވެ.

”އެނޫން ގޮތަކަށް ނުހުއްޓުވޭނެ. އެއީ ކުރަންޖެހޭ ކަމެއް މިހާރު. މިކަން ކޮށްގެން ނަމަވެސް އިންޑިއާ އައުޓް ހުއްޓުވަން ޖެހޭނެ.“ ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވިގޮތުގައި އިންޑިއާ އައުޓް ގޮވާ މީހުންނަށް ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރަން ޖެހެއެވެ.

ފަލާހުގެ މި ވާހަކަތަކަށް ތާއީދު ކުރެއްވުމުގެ ގޮތުން ރައީސް ނަޝީދު ވަނީ އޭނާ އަށް ހޫނު ތަރުހީބެއް ދެއްވާފައެވެ. މިބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވަން ފުލުހުންނަށް އަމުރު ކުރައްވާފައެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންޑިއާ ސިފައިންނާއި ޖާސޫސޫން ބޭރުކުރުމަށް ގޮވާލައި އިދިކޮޅުން ކުރިޔަށް ގެންދާ ކެމްޕެއިނެކެވެ. މި ހަރަކާތަށް ގިނަ އަދަދެއްގެ ބައެއްގެ ތާއީދު އަންނަނީ ލިބެމުންނެވެ.

 

 

One Comment

Leave a Reply to އިބްރާ Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button