ޚަބަރުސިޔާސީ

ސިވިލް ސާވެންޓުންނަށް ބޭނުން ސިޔާސީ ފިކުރެއްގައި ތިބެވޭނެ: ރައީސް

ސިވިލް ސާވަންޓުންނަށް ބޭނުން ސިޔާސީ ފިކުރެއްގައި ތިބެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައި މިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސަރވެންޓެއް ރާއްޖޭގައި ހުންނަން އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

 ”ސިޔާސީ ވަކިކަމެއްގައި ނޫޅެގެން ފިޔަވަޅު އެޅި، އެކަހެރި ކުރެވި، މަގާމުން ވަކި ކުރުމުގެ ފުރުޞަތު އޮވެގެން ނުވާނެ. ސިވިލްސަރވަންޓުންނަކީ އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއް. އެއީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނު ކޮށްދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫން. ސިވިލް ސާރވަންޓުން ދެއްވާ ހިދުމަތުގައި ސިޔާސީ ފިކުރެއް، ކުލައެއް، ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެ. ކުރައްވަންޖެހޭނެހާވެސް ކަމަކީ ސަރުކާރުގެ ސިޔާސަތާއި ވަޢުދުތައް އޭގެ ގޮތުގައި ތަންފީޒު ކުރެއްވުން. އެއީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ގައުމީ ހިދުމަތުގެ ފައުޖު.“ ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައި މިވަނީ ސިވިލް ސާވިސްގެ ގާނޫނުން ސިވިލް ސާވަންޓުން ސިޔާސީ މަސައްކަތް ކުރުން މަނާ ކުރުމުން މިދިޔަ ހަފްތާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button