ޚަބަރު
އަންނަ އަހަރަށް 37 ބިލިއަންގެ ބަޖެޓެއް
ކުރިއަށް އޮތް 2022 ވަނަ އަހަރަށް ލަފާކޮށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް، ހުށަހަޅަން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ”މެދު ރާސްތާގެ ފިސްކަލް އަދި ސްޓްރެޓަޖީ“ ރިޕޯޓް ދައްކާ ގޮތުން އަންނަ އަހަރު ދައުލަތުން ހަރަދުކުރާނެ ކަމަށް ލަފާކޮށްފައިވަނީ 33.8 ބިލިއަން ރުފިޔާއެވެ.
ދައުލަތުން ރިކަރަންޓު ހަރަދުގެ ގޮތުގައި 21 ބިލިއަން އަދި ޕީއެސްއައިޕީއަށް މަޝްރޫއުތަކަށް 7.1 ބިލިއަން ހަރަދުކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.
އެ ރިޕޯޓުގައި ވާގޮތުން އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 23.6 ބިލިއަން ރުފިޔާ ލިބޭނެއެވެ. އަދި ޓެކްސްގެ ގޮތުގައި 14.7 ބިލިއަން ރުފިޔާލިބޭނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.