ޚަބަރު

ނޫސްވެރިންގެ ބައްދަލުވުމުން އަމީރު ގެއްލިއްޖެ!

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމުމާ ގުޅިގެން، މިރޭ މިނިސްޓާރ އޮފް ފިނޭންސް، މިނިސްޓާރ އޮފް ހެލްތް، މިނިސްޓާރ އޮފް ޖެންޑާރ ،ފެމިލީ އެން ސޯޝަލް ސާރވިސެސް އަދި ޗެއާރ އޮފް ޕޭ ކޮމިޝަން އިން މިރޭ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުން ފެށިގެންދިޔަ އިރުވެސް ފިނޭންސް މިނިސްޓާރް އިބްރާހިމް އަމީރަށް ވަނީ ބައްދަލުވުމުގައި ބައިވެރި ނުވެވިފައެވެ. ގިނަ ނޫސްވެރިންގެ ސުވާލު އަމާޒު ވެފައި ވެސް އޮތީ ފިނޭންސް މިނިސްޓާރ އަށެވެ. ސަބަބަކީ ކުއްލިއަކަށް ސިއްހީ ދާއިރާގެ މުވައްޒަފުން ގެ މުސާރަ ބޮޑުކުރަން ނިންމެވި ނިންމުމުގައި އެބޭފުޅާގެ އިސް ރޯލެއް ކުޅެފައިވާތީއެވެ.

ގިނަ ފަރާތްތަކުން ބުނަމުންދަނީ މިނިސްޓާރ ނޫސްވެރިންގެ ސުވާލުތަކުން ސަލާމަތްވާން ވެގެން، ނޫސްވެރިންގެ ބައްދަލުވުމުަގައި ބައިވެރިނުވީ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button