ޚަބަރު

ބޮޑުތަނުން ދަރަނި ބޮޑުވެ ރާއްޖެއަށް ނުރައްކާ: ވޯލްޑް ބޭންކު

ބޭރުގެ ދަރަނި ބޮޑުވާތީ ރާއްޖެއަށް ނުރައްކާ ބޮޑު ކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.

ވޯލްޑްބޭންކުން މިހެން ވިދާޅުވެފައިވަނީ ކުރިން އެ ބޭންކުން ދިވެހިރާއްޖޭގެ އިގްތިސާދު ރަނގަޅުވާނެ ކަމަށް ލަފާކުރައްވާފައި ވަނިކޮށެވެ. ނަމަވެސް މިހާރު ފެންނަމުންދާ ކުލަވަރު ތަފާތު ކަމަށްވެއެވެ.

މި ސަރަހައްދުގެ އިގްތިސާދު ކުރިއަރާނީ 5.5 ޕަސެންޓަށް ކަމަށާއި ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 6.5 ޕަސެންޓަށް ކަމަށް ވޯލްޑްބޭންކުން އާންމުކޮށްފައިވާ މައުލޫމާތުގައިވެއެވެ.

ވޯލްޑްބޭންކުން ކުރިން ލަފާކުރި ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދު 8.5 ޕަސެންޓަށް އަރާނެއެވެ. ނަމަވެސް މި އަދަދާ ދިމާ އިދިކޮޅަށް މިހާރު ދިވެހިރާއްޖޭގެ ދަރަނި 100 ބިލިއަނަށްވުރެ މައްޗަށް ވަނީ ގޮސްފައިކަމަށާއި ދަރަނި އިތުރުވުން ގާތް ކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އިންފްލޭޝަން ރޭޓް މި އަހަރު 5.7 ޕަސެންޓަށް އަރާނެ ކަމަށް ވޯލްޑްބޭންކުން ލަފާކުރައްވާފައި ވެއެވެ.

ސަރުކާރުން ’ބޭކާރު ގޮތުގައި‘ ކުރާ ބޮޑެތި ބައެއް ހޭދަތަކުގެ ތެރޭގައި ހިމެނޭ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިސާ ދިނުމާއި، ސަބްސިޑީ ކުޑަކުރަން ވޯލްޑްބޭންކުން ވަނީ ލަފާ ދެއްވާފައެވެ.

ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ކުރަމުންދާ ’ޑަބަލް‘ ހަރަދު ކުރުކަމީ ވެސް ދަރަނީގެ މިންވަރު ބޮޑުވެގެން ދާނެ ކަމެއް ކަމާމެދު ސޯޝަލްމީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ. މިގޮތުން އެތަށް ހަރަދެއްކޮށް އިންޑިއާގެ ކުންފުނިތަކަށް ހަވާލުކޮށްފައިވާ ބިޔަ މަޝްރޫއުތައް ދެކޮޅުންކުރެ ކޮޅެއްގައި ނުޖެހި ވަނީ ’ވާނުވާ’އެއްގައި ކަމަށާއި އަލުންބަލުން މަޝްރޫއުތައް ޗައިނާގެ ކުންފުނިތަކާ ހަވާލުކޮށްފައިވާ ވާހަކަ ދަނީ ދެކެވެމުންނެވެ.  5 އަހަރުގެ ވެރިކަމެއް ނިމުުމަކާއި ގާތްވެފައިވާއިރު ވެސް ބޮޑެތި ހޭދަތައްކޮށް އިންޑިއާގެ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތައް ވަނީ ނުފެށިކަމަށް ވާހަކަތައް ދެކެވެމުންދެއެވެ. މިހާރު މި މަޝްރޫއުތައް މި ހިނގާ އޭޕްރީލް މަހު ވަނީ ޗައިނާގެ ކުންފުނިތަކާ ހަވާލުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button