ޚަބަރުސިޔާސީ

ފޭސް2 ގައި ރައްޔިތުން އާބާދު ކުރުވީ އަމާ ބުނީތީ ފަރަށް ދާ އުސޫލުން: ޝުޖާ

ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ރައްޔިތުން އާބާދު ކުރުވީ އަމާ ބުނީތީ ފަރަށްދާ އުސޫލުން ކަމަށް ހުޅުމާލޭގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2 ވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުން މިސްކިތަށް ދާން، ދަރިން ސްކޫލަށް ލާން، ކާބޯތަކެތި ހޯދަން އަދި ރަށްވެހި ކަމުގެ ހިދުމަތް ހޯދަން ފޭސް 1 އަށް ދާން ޖެހޭ ކަމުގައެވެ.

ޝުޖާއު މިފަދައިން ވިދާޅުވެފައި ވާއިރު ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި އެއްވެސް ހިދުމަތެއް މިވަގުތު ލިބޭކަށް ނެތެވެ. އެހެން ނަމަވެސް ރައީސް ޔާމީން ބިނާކޮށްދެއްވި ހިޔާ ފްލެޓް ތަކަށް ގިނަ ބަޔަކު ބަދަލުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button