ޚަބަރުސިޔާސީ

ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީގެ ދައުވާއެއް ނުކުރެވޭނެ، ކަޅު ދަބަސް ހިފައިގެން ދިޔަ މީހުން ނޯޅޭ: އަލީ ވަހީދު

އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ދައުވާ ނުކުރެވޭނެ ކަމަށް މަގާމުން ވަކި ކުރި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ 5 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ ފުރަތަމަ އަޑު އެހުން ކްރިމިނަލް ކޯޓުގައި ކުރިޔަށް ދާ ދަނޑިވަޅާ ދިމާކޮށް އަލީ ވަހީދު ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލައިގައި ޔާމީނަށް ކުރާނެ އެއްވެސް ދައުވާއެއް ނޯންނާނެ ކަމުގައެވެ.

”ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަހުގީގުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ މިދެންނެވި ސަބަބާހެދި. ރައީސް ޔާމީން މިނިވަންކުރަންޖެހޭ.“ އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ސައްހަ ލިސްޓު ފެށެނީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމާ ހަމައިންނެވެ.

”ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން އަޅުގަނޑުމެންނަކަށް ނޯޅޭ. ތިޔަ ފޯނުތަކާ ލެޕްޓޮޕާ އިނގިރޭސި ތަހުގީގު ޓީމަށް ރައްދުކޮށްދިނީ އަޅުގަނޑު. ޖަލަށް ލިޔަސް، މަރާލިޔަސް، އިރާދަފުޅުން މިއަޑު ކަނޑުވާނުލެވޭނެ.“ އަލީ ވަހީދު ވިދާޅުވިއެވެ.

ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން ކަމަށް އަލީ ވަހީދު ނިސްބަތް ކޮށްފައިވަނީ ބެލެވޭގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކައިރިޔަސް ފައިސާ ބަލާ ދިޔަކަމަށް އަޑުތައް ފެތުރިފައިވާ ހާދިސާއަށެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރަކަށް ހުންނެވި ދުވަސްވަރު އިތުރު ބަޔަކާ އެއްކޮށް ރެހެންދި ފެލްޓްގައި ހުންނަ އަދީބުގެ އެޕާޓްމެންޓަކަށް ގިނަ އަދަދެއްގެ ފައިސާތަކެއް ބަލާ ދިޔަކަމުގެ އަޑުތަކެއް ވަނީ މީގެ ކުރިން ފެތުރިފައެވެ.

3 Comments

  1. މިހާރުދެން ހައްޔަރަށް ލީމާ ރައްޔަތުން ގުބޯހައްދަން ނޫޅުއްވާ ތިއުޅެނީއިިދިކޮޅާގުޅި ރައްޔަތުން ގުބޯހައްދަން
    ކީއްވެ ކުރިން ތިވާހަކ ނުދެއްކުނީ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button