ޚަބަރުސިޔާސީ

އަޅުގަނޑުގެ ވިސްނުމާ އިދިކޮޅަށް ރައީސް ނަޝީދުވެސް ކަންތައްތައް ނިންމަވާ: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅާ އިދިކޮޅަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކަންތައްތައް ނިންމަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރައީސް ނަޝީދު އާއި އެމަނިކުފާނާ ދެމެދު ސިޔާސީގޮތުން ހިޔާލު ތަފާތުވެފައިވާ ކަމުގައެވެ.

ރައީސް ނަޝީދު ވެރިކަމުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ބައެއް ނިންމުންތަކުގައި ފެނިވަޑައިގަންނަވާގޮތް ވިދާޅުވާކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. އަދި ކަމެއްގެ ވަށައިގެން ހުރި ކަންކަމަށް ބައްލަވާފަ ރައީސް ސޯލިހުގެ ވިސްނުންފުޅާ ދެކޮޅަށް ނަޝީދު އަމަލު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

”ހަމަ އެގޮތަށް މިހާރުވެސް އަޅުގަނޑު ނިންމާ ބައެއް ކަންތައްތަކުގަ ރައީސް ނަޝީދުގެ ވިސްނުން ތަފާތު. ސަރުކާރު ހިންގަން ހުރި މީހެއްގެ ހައިސިއްޔަތުން އަދި ރާއްޖޭގެ ވެރިކަން ކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ކަންތައްތައް ނިންމަން ޖެހޭނީ ވަށައިގެން ހުރި ހުރިހާ ކަމަކަށް ބަލައި، ލިބޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނު ވެރިކަން ކުރައްވާނީ އެ ހުރިހާ ހިޔާލު ތަފާތުވުންތަކާ އެކުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button