ޚަބަރުސިޔާސީ

ދޮޅު އަހަރު ގެއްލިއްޖެ، އަޅުގަނޑުގެ އަމާޒަކީ ވައުދު ފުއްދުން: ރައީސް ސޯލިހު

ވެރިކަމުން ދޮޅު އަހަރު ގެއްލިގެން ހިނގައްޖެ ކަމަށާއި އަމާޒަކީ ވައުދު ފުުއުދުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގިނަ މައްސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި، 2023 ގެ ކުރިން އެ މަސައްކަތްތައް ނިންމުމަކީ އެމަނިކުފާނުގެ އަމާޒު ކަމުގައެވެ.

”މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައާ، ތިލަމާމެ ކަނެކްޓިވިޓީ ބުރިޖުގެ މައްސަލައާ، ފެނާ ނަރުދަމާގެ ޕްރޮޖެކްޓަތައް ނިންމުމަކީ އަޅުގަނޑުގެ އެންމެ މުހިންމު އަމާޒު.“ ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ނުކުރެވި ހުރި ކަންކަން ކުރެއްވުމަށެވެ. އެމަނިކުފާނު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމުގެ އިޝާރާތެެއް ދެއްވާފައެވެ. ރައީސް ވިދާޅުވީ އެ ފުރުސަތު އެމަނިކުފާނަށްވެސް އެބައޮތް ކަމަށާއި އެކަމަކު މިހާރުގެ އަމާޒަކީ ވައުދުތައް ފުއްދެވުން ކަމުގައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button