ޚަބަރުސިޔާސީ

ނަފްރަތުގެ ބިލު އިސްލާހު ކޮށްގެން ނޫނީ ފާސްކުރަން ނޭދޭ ކަމަށް ރައީސް ވިދާޅުވެއްޖެ!

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ނަފްރަތުގެ ބިލަށް އިސްލާހު ތައް ގެނެސްގެން ނޫނީ ފާސްކުރަން ނޭދޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ނަފްރަތުގެ ބިލާ ގުޅޭގޮތުން އާންމުންގެ ވިސްނުންތަކަށް ބަލާފަ އިސްލާހުތަކެއް ގެންނަން ޖެހޭ ކަމުގައެވެ.

”އެ އިސްލާހުތައް އަޅުގަނޑުމެން ވާނީ މަޖިލީހަށް ހުށަހަޅާފަ. ކޮމެތީ ސްޓޭޖުގަ އޭގެ ބައެއް އިސްލާހުތައް ގެނެވިފަ ހުރިކަންވެސް އަޅުގަނޑު ގަބޫލުކުރަން. އެހެންވީމަ އެ ބިލު ސަރުކާރުން ފޮނުވިގޮތަށް ފާސްކުރުމަކީ އަޅުގަނޑު އެދޭކަމެއް ނޫން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ނަފްރަތުގެ ބިލު ފާސްވެގެން ދާއިރު ގިނަ އިސްލާހުތަކެއް އައުމަކީ އެންމެ ރަނގަޅު ގޮތެވެ.

އިދިކޮލު ކޯލިޝަނުން މިދިޔަ މަހުގެ 8 ވަނަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ބިލުގެ ސަބަބުން އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީން ނިކަމެތި ކުރުމަށް ހިއްވަރު ލިބިގެންދާނެ ކަމުގައެވެ. އަދި ދިވެހި ގައުުމުގައި އޮތް ހަމަޖެހުން ނެތިގެން ދިއުމުގެ ފުރުސަތު މި ބުލުގެ ސަބަބުން އެބައޮތްކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. މީގެ އިތުރުން ހަރުކަށި ފިކުރު އިތުރުވަނީ ގާނޫނުތައް ނެތުމުން ނޫން ކަމަށާއި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަށް ތަންފީޒު ނުކުރެވުމުގެ ސަބަބުން ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button