ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކި ކުރަނީ!
ފުލުހުންގެ އިސް އޮފިސަރުންތަކެއް މާދަމާ ވަޒީފާއިން ވަކި ކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ”ބޮންތި“ އަށް ލިބިއްޖެއެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ފުލުހުންގެ އޮފިޝަލެއްގެ ފަރާތުން މައުލޫމާތު ލިބުނުގޮތުގައި މި ނިންމުން ނިންމާފައިވަނީ ޕޮލިސް ބޯޑުން މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. އެގޮތުން ގާތްގަނޑަކަށް 7 އޮފިސަރަކު ވަޒީފާއިން ވަކި ކުރުމަށް ނިންމާފައިވާކަމަށް ވެއެވެ.
އެބޭފުޅުންގެ ތެރޭގައި؛
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ)
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު (ޖަންބެ)
ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާވޫދު (ޑޭވިޑް)
ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން
ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދު (މޮންސި) ހިމެނެއެވެ.
ގިނަ އަދަދެއްގެ އިސް އޮފިސަރުންތަކެއް ވަކި ކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވަނީ އެ ބޯޑަށް ލިބިދީފައިވާ ހާއްސަ ބާރެއްގެ ދަށުންނެވެ. މި ބޯޑު އެކުލަވާލައްވާފައި ވަނީ ފުލުހުންގެ ގާނޫނު އުވާލުމަށްފަހު އަލަށް އަމަލު ކުރަމުން އަންނަ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މި އަހަރުގެ އެޕްރީލް މަހުގެ 9 ވަނަ ދުވަހުގައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ؛
އަހުމަދު ފަޔާޒް ހަސަން، މ.ހަޒާރީވިލާ
އާއިޝަތު ނޫރާ މުހައްމަދު، ހ.ނޫމުތީ
އަލީ ފާއިޒު، މއ.މަނާގެ
އަހުމަދު ނާޝިދު، މއ.ގޯލްޑަންމޫން
އާދަމް އިބްރާހީމާއި، ގ.ޑިމްލައިޓް
ސަފާ ޝަރީފު، ދެތަނޑިމާގެ/ސ.ހުޅުދޫ
ހާމިދު އަބްދުލްޣަފޫރު، ހ.ޝޭޑީކޯނަރ އެވެ.
ހާމިދު އަބްދުލްޣަފޫރަކީ ހޮނޑައިދޫ ނަމަކަށް ކިޔާ ފަޅުރަށެއްގައި ބަނގުރާ ހިއްޕެވިކަމުގެ ތުހުމަތު ކުރެވުނު ފަރާތެކެވެ. އޭރު ހިންގުނު ތަހުގީގުގައި އޭނާ ވަނީ ކުޑަކަމުދާތަކެތި ފުލުހުންނަށް ދިނުމަށް އިންކާރު ކުރައްވާފައެވެ.
މިކަމާ ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން އަދި މިހާތަނަށް ޖަވާބެއް ނުދެއެވެ.
ޙާމިދަކީ ނަޝީދު ލާފައިވާ ޕަޕެޓެއް. ތައުލީމު ހުއްޓަސް ބޯޑަށް ކުފޫ ހަމަނުވާ މަރުމޯލެއް. އޭނާ ހުރިމަކީ ފުލުސް ބޯޑުގެ މަސައްކަތް ރައްޔަތުން ބަލައިނުގަންނާނެ ކަމެއް.
ފޭކް ލިސްޓެއް !