ޚަބަރު

ސްކޫލު ހުޅުވޭއިރު ދިވެހި އިސްލާމް ފޮތުގެ ހާޑް ކޮޕީއެއް ނުލިބޭ!

މިއަހަރުގެ ދިރާސީ އާ އާއަހަރުގެ ކިޔެވުން ފެށޭއިރު ދަރިވަރުންނަށް ދިވެހި އަދި އިސްލާމް ފޮތް ހިމެނޭހެން ފޮތްތަކުގެ ހާޑް ކޮޕީ ލިބެން ކުޑަ ދުވަސްކޮޅެއް ނަގާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓިރީން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ ވިދާޅުވިގޮތުގައި ދަރިވަރުންނަަށް މިހާރު ހަވާލުކުރަމުން ދަނީ އެ ފޮތްތަކުގެ ސޮފްޓް ކޮޕީއެވެ. އަދި މި މަހުގެ ފަހު ކޮޅަށް ފޮތްތަކުގެ ހާޑް ކޮޕީ ދަރިވަރުންނަށް ފޯރުކޮށްދެވޭތޯ ބައްލަވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓްރީގެ އަމާޒަކީ ދަރިވަރުންނަށް ކިޔަވައިދޭ ފޮތްތައް ޑިޖިޓަލައިޒް ކުރުން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި ފޮތްތަަކުގެ ހާޑް ކޮޕީ ނުގެނެވިގެން އުޅެނީ ބަޖެޓުގެ ދަތިކަމެއް ދިމާވެ ފައިސާ ހަމަޖެއްސުމުގައި ދިގުލައިގެން ދިއުމުގެ ސަބަބުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button