ޚަބަރުސިޔާސީ

މަރު ކޮމިޝަން އޮތީ މަޖުބޫރުކަމެއްގައި ތާށިވެފަ: ކުރީގެ ސީޕީ ހުސެއިން ވަހީދު

މަރު ކޮމިޝަން އޮތީ މަޖުބޫރުކަމެއްގައި ތާށިވެފައި ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހުސެއިން ވަހީދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުވައިލި މައްސަލައިގައި 2019 ވަނަ އަހަރު އެ ކޮމިޝަނުން އާންމު ކުރި ކުރުން ދޮގުކޮށް ރިޟްވާނު ގަދަވެ ހުރިކަން ކަމިޝަނުން ބުނުމުން އުފާ ކުރައްވާ ކަމުގައެވެ. މަރު ކޮމިޝަނުން މީގެ ކުރިން ނެރެފައިވާ ރިޕޯޓު ބުނާގޮތުން ރިޟްވާނު މަރާލުމަށްފަހު ކަނޑު ފެއްތީއެވެ. އެކަމަކު އެ ކޮމިޝަނާ ހަވާލާދީ ހުސެއިން ވިދާޅުވާގޮތުން ރިޟްވާނަށް ވީގޮތެއް އަދިވެސް ނޭނގެއެވެ.

”ﷲ އަަށް ހަމްދު ކުރަން. އަޅުގަނޑުގެ އެދުމަކީ ރިލުވާނުގެ މަންމަ އާއި ވީ އެންމެ އަވަހަކަށް ގުޅާލާ އާއިލާއާއި ސަލާން ގަލާން ކޮށްލެވޭނެ ގޮތެއް ވުން. ރިލުވާނުގެ އާއިލާއިން ވަރަށް ހިތާމަ ކޮށްފި.“ ހުސެއިން ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވިގޮތުގައި ރިޟްވާނު ހޯދަން އޭނާ ކުރެއްވި މަސައްކަތުގައި ފުލުހުންގެ ތެރެއިން ގިނަ އޮފިސަރުން ބައިވެރިވިއެވެ. އެ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ،

”ހާއްސަ ކޮށް ރައީސް ޔާމީން އާއި މިނިސްޓަރ އުމަރުގެ ފަރާތްޕުޅުން ލިބުނު އެހީތެރި ކަމާއި އެއްބާރު ލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.“ ހުސެއިން ވިދާޅުވިއެވެ.

ސީޕީ ހުސެއިން ފާހަގަކުރެއްވިގޮތުގައި އޭނާ މަރު ކޮމިޝަނަށް 6 ފަހަރު ގެންދިޔައެވެ. އަދި ހައްޖު ދުވަހުގައިވެސް އިންނަވަން ޖެހުނީ އެ ކޮމިޝަނުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
”ކަމިޝަނުގެ އެއްބާރުލުން ކުޑަ ކަމާއި އެ ބޭފުޅުންގެ ވެރިންގެ ފަރާތުން އައިސްފައިވާ އޯޑަރު ތަކުގެ ސަބަބުން ދެ ފަރާތުން ރަގަޅަށް ވާހަކަ ދައްކާ ނުލެވުނު. ހަބަރު ހަދާލުމާއި ރިޕޯޓެއް ނެރެލުމަށް ވުރެ ރަނގަޅަށް ކުރެވުނީސް.“ ސީޕީ ހުސެއިން ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ މަރު ކޮމިޝަނުގެ މަސައްކަތް ހުރިގޮތުން އެބޭފުޅުން ވަކި ތާރީހަކަށް ވަކި ގޮތަކަށް ރިޕޯޓެއް ނެރެން ޖެހިގެން އުޅޭކަން ފާހަގަކުރެވުނު ކަމުގައެވެ. ނޫސްވެރިޔާ ރިޟްވާނު ގެއްލުނުތާ މިއަދަށް ވަނީ 7 އަހަރު ވެފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ރިޟްވާނަށް ވީގޮތް ހޯއްދަވާނެ ކަމަށް އެމަނި،ކުފާނު ވިދާޅުވި ނަމަވެސް އެވަގުތު ފާއިތުވެގެން ހިނގައްޖެކަން ހުސެއިން ވަހީދު ވިދާޅުވެފައިވެއެވެ.
މިކަމާގުޅިގެން ސީޕީ ހުސެއިންގެ ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވިގޮތުގައި، ހުސެއިން މަރު ކޮމިޝަނަށް ހާޒިރު ކުރީ ރައީސް ސޯލިހު ބޭނުންފުޅުވާ ގޮތަށް ރިޟްވާނުގެ ވާހަކަ ދެއްކުމަށެވެ. އަދި މިއަދު ރައީސް ސޯލިހަށް މަރު ކޮމިޝަނުން ފޮނުވާ ރިޕޯޓަކީ ރިޟްވާނަށް ވީގޮތް 24 ގަޑިއިރުގެ ތެރޭގައި ހޯދުމަށް ރައީސް ސޯލިހު ވެފައިވާ ވައުދު ފުއްދެވިކަމަށް ދައްކަން ސިޔާސީ މޯޓިވްގައި ކުރާ ކަމެއް ކަމަށް އާސިފް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button