ޚަބަރުކުޅިވަރު

ހޯރަފުށި ޔޫތް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރިގޭޓާއަށް!

ހޯރަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ އެހް.އާރް.އެފް ޔޫތް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރިގޭޓަރ އިން ކާމިޔާބު ކޮށްފިއެވެ. ފްރިގޭޓަރ އިން މެޗް ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި ކްލަބް ޑޮލްފިން ސިޓީ (ސީޑީސީ) އާއި ބައްދަލުކޮށް 2-1 ގެ ނަތީޖާއިން މެޗް ކާމިޔާބު ކޮށްގެންނެވެ.

މިމެޗުގެ ފުރަތަމަ ގޯލް ފްރިގޭޓާރ އަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ފޯވަރޑް އިބްރާހިމް ރަޝީދެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ސީޑީސީގެ އަބްދުﷲ ޔާމީން ވަނީ ނަތީޖާ ހަމަމަކޮށްފައެވެ. ނަމަވެސް ފްރިގޭޓަރ އިން މެޗް ކާމިޔާބުކުރީ ސީޑީސީ ކުޅުންތެރިން އަތުން ބައިިކޮޅަށް ވަތް ގޯލަކާއި އެކުއެވެ.

މިމުބާރާތުގެ ޓޮޕް ސްކޯރަރ އަދި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ފްރިގޭޓާރގެ އިބްރާހިމް ރިޒްހާނެވެ. އޭނާވަނީ މުބާރާތުގައި 10 ގޯލް ކާމިޔާބުކޮށް، މޮޅު ކުޅުމެއް ދައްކާފައެވެ. މީގެ އިތުރުން މުބާރާތުގެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފައިވަނީ ސީޑީސީގެ މުހައްމަދު މައިޝަންއެވެ. މައިޝަންއަކީ އުމުރުން 17 އަހަރުގެ ކުޅުންތެރިއެކެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ދީފައި ވެއެވެ. މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހޯރަފުށީ ކައުންސިލްގެ ރައީސް، އަލްފާޟިލް މުހައްމަދު ވަހީދެވެ.

މުބާރާތުގައި ޖުމްލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ހޯރަފުއްޓަކީ އަބަދުވެސް ފުޓުބޯޅައިގެ ފޯރިއާއި ވާދަވެރިކަން ގަދަ ރަށެއް ކަމުން، މިމުބާރާތް ވެސް ފެނިގެން ދިޔައީ ވާދަވެރި މުބާރާތެއް ގޮތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button