ޚަބަރުސިޔާސީ

ސީޕީ ހުސެއިން މަރު ކޮމިޝަނަށް ހާޒިރު ކުރީ ރައީސް ސޯލިހު ބޭނުންވާ ގޮތަށް ރިޟްވާނުގެ ވާހަކަ ދައްކަން: ވަކީލު އާސިފް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުވައިލި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު މަރު ކޮމިޝަނަށް ހާޒިރު ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ގޮތަށް ރިޟްވާނުގެ ވާހަކަ ދައްކަން ކަމަށް ވަކީލު އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

ސީޕީ ހުސެއިންގެ ގާނޫނީ ވަކީލު އާސިފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މިއަދު ރައީސް ސޯލިހަށް މަރު ކޮމިޝަނުން ފޮނުވާ ރިޕޯޓަކީ ރިޟްވާނަށް ވީގޮތް 24 ގަޑިއިރުގެ ތެރޭގައި ހޯދުމަށް ރައީސް ސޯލިހު ވެފައިވާ ވައުދު  ފުއްދެވިކަމަށް ދައްކަން ސިޔާސީ މޯޓިވްގައި ކުރާ ކަމެއް ކަމުގައެވެ.

އާސިފް ފާހަގަކުރެއްވިގޮތުގައި އެ ކޮމިޝަނުން ނެރޭ ބަޔާނަކީ ރައީސް ސޯލިހު ބޭނުންފުޅުވާ ގޮތަށް ނެރޭ ބަޔާނެކެވެ.

”މަރުކޮމިޝަން ދިރިއޮތްކަން އެ އާއިލާ އާއި އެމްޑީޕީ ގްރާސްރޫޓަށް ދައްކަން، ޗެނަލް 13 ގެ ސީއީއޯ ހުސެން ވަހީދުގެ ނަންފުޅުވެސް އިތުރުކޮށްލީ“ އާސިފް ވިދާޅުވިއެވެ.

 

އޭނާ ވިދާޅުވީ ރިޟްވާން ގެއްލުނު މައްސަލައިގައި ހުސެއިން ވަހީދުއަށް އެއްވެސް ތުހުމަތެއް ނުކުރާކަމަށާއި އެކަމުގައި ތުހުމަތު ކުރެވުނު މީހުން މިއަދު ތިބީ ރައީސް ސޯލިހުގެ އަރިހުގައި ކަމަށެވެ.

ރިޟްވާނުގެ މައްސަލައިގައި ހުސެއިން ވަހީދު މަރު ކޮމިޝަނަށް ހަ ފަހަރު ހާޒިރު ކުރެވުނެވެ. ހުސެއިން ވަހީދު ވިދާޅުވިގޮތުގައި މަރު ކޮމިޝަން އޮތީ މަޖުބޫރުކަމެއްގެ ތެރޭގައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button