ޚަބަރުސިޔާސީ

މަރު ކޮމިޝަނުން ކުރެވުނު މަސައްކަތް ސުމެއް : ޝިޔާމް

މަރު ކޮމިޝަނުން ކުރެވުނު މަސައްކަތް ސުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެންބަރު ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމުގެ ތެރޭގައެވެ. މަރުކޮމިޝަން އެ ދިޔައީ ބަނޑު ފުރާ ގޮހޮރަށް ކައިގެން ކަމާއި ކުރެވުނު މަސައްކަތް ޒީރޯ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި، ދައުލަތުން ރައްޔިތުންގެ ފައިސާ ”ކެއުން“ ނޫން ކަމެއް ނުކުރާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނާއި، ތޫނު ހަތިޔާރުން ހަމަލާދީ ޝަހީދުކޮށްލި ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރު ކޮމިޝަނުން ނެރުނު ރިޕޯޓު ފުރިހަމަ ނޫން ކަމަށް އެ ދެ ފަރާތުގެ އާއިލާއިން ގަބޫލުކުރާއިރު، އެ ކޮމިޝަނުން އެދެވޭ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ޝިޔާމު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް “ކޮމްޕްރޮމައިޒް’ ވެފައިވާކަމަށް ގޮވާލައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ކޮއްކޮ އަހުމަދު ނާޒިމް އަބްދުއްސައްތާރު އެތައް ބަޔަކާއެކު ލިވާތު ކުރި ބަންގްލަދޭޝްގެ އަލަމްގީރު އާއެއްކޮށް އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި 4 މަހަށް ގޭ ބަންދުގައި ބެހެއްޓުމުން އެއީ ގޭ ކުއްޖަކު ހައްޔަރަށް ނުލާ ގޭގައި ބަހައްޓައިގެން ނަޝީދު ކޮމްޕްރޮމައިޒް ވުންކަން ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އަތްޕުޅުގައި އެމްޑީޕީއަށް ނިސްބަތްވާ 42 މަޖިލިސް މެންބަރުންގެ ސޮއި އޮވެގެން ނަޝީދު މަގާމުން އަޒުލުކޮށްފާނެތީވެސް އެމަނިކުފާނު ކޮމްޕްްރޮމައިޒް ވެއްޖެކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button