ޚަބަރު

މަރުކޮމިޝަނު މެދުވެރިކޮށް ރައީސް ސާލިހް ”ކުޅުނު ފިލްމް“ ބަލާކަށް ރައްޔިތުންނެއް ނޫޅޭ: އަދުރޭ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ރިޟްވާން ގެ މައްސަލައާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި ގުޅިގެން، އެކޮމިޝަން މެދުވެރިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުޅުނު ފިލްމް ބަލާނޭ ރައްޔިތެއް މި ގައުމުގައި ނެތްކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ޓްވީޓް ކުރައްވައިފިއެވެ.

”މިދެމީހުން ލައްވާ މަނިކުފާނު ތިޔަ ކުޅުނު ފިލްމް ބަލާނެ ބަޔަކު މިހާރު މި ގައުމަކުނެތް. ރައްޔިތުން ބުނަނީ ތިޔައީ ދޮގުވެރިއެކޭ، ޚިޔާނާތްތެރިއެކޭ، އައްދާރެކޭ ހޯ ހޯ އޭ. 2023 ގައި ގައުމަށް ބޭނުމީ ރައީސް ޔާމީނޭ. އެ މަނިކުފާނަށް އިތުބާރު އެބައޮތޭ. އެމަނިކުފާނާ ކުޅެން ނޫޅޭށޭ“. އަދުރޭގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އިއްޔެ ރައީސް އޮފީހުގައި ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައާ ގުޅިގެން، މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރިޟްވާނުގެ މަރާއި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާ ގުޅުވާލުމަށް، ކޮމިޝަނުން މަސައްކަތްކުރާކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ. އަދި ރިޟްވާންގެ މަރާ ގުޅިގެން އޭރު ހޯދުނު ހޯދުންތައް ރައީސް ޔާމީނާ ހިއްސާކުރިކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button