ޚަބަރުސިޔާސީ

އެމްޓީޑީ އިން ދެކޭގޮތުގައި ވެކްސިން ލިބުމަކީ ރައީސް ސޯލިހުގެ ލީޑާޝިޕްގެ ހަރުދަނާކަން!

ކޯވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރާއްޖެއަށް ބޭނުންވާވަރަށް ލިބުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ލީޑަރޝިޕްގެ ހަރުދަނާކަން ހާމަވާ ކަމެއް ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީއިން) ބުނެފިއެވެ.

އެމްޓީޑީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ސޯލިހު އިންސާނިއްޔަތުކަން އިސްކުރައްވައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އިސްތިސްނާ ނުވާގޮތުގެ މަތީން ހިލޭ ވެކްސިން ޖަހައިދީފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ %61 އާބާދީ ވެކްސިންގެ ދެޑޯޒް ޖަހާފައިވާ ކަން އެޕާޓީން ބުންޏެވެ. އަދި %70 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށްވެސް އެމްޓީޑީއިން ބުންޏެވެ.

އެ ޕާޓީއިން ބުނިގޮތުގައި މިއީ ދުނިޔާގެ ފެންވަރުން ބެލިނަމަވެސް ވަރަށް ބޮޑުކުރިއެރުމެކެވެ.

”އެމްޓީޑީގެ އެދުމަކީ ރައީސް ސޯލިހު ގޮވާލާފައިވާ ގޮވާލުމާއި އެއްގޮތަށް ފަރުދީ އަދި އާއިލީ ޒިންމާއެއްކަން މިކަން ދެކިގެން ވެކްސިން ފުރިހަމަކުރުމަށް ހުރިހާ ޒުވާނުން އަތުކުރި އޮޅާލާ އިސްނަގައިގެން ވެކްސިންޖަހަން ދިޔުމަށެވެ. މިކަމަށް ވުރެ ބޮޑު ގައުމީކަމެއް މިއަދަކުނެތެވެ. އެހެނީ ކޮވިޑުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެ ގައުމައް ދަނީ އެތައް ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. މިއަދު އެންމެ މުހިއްމީ މިކަން ގައުމީ ކަމެއްގޮތުގައި ދެކި މިވަގުތައް ސިޔާސީ ހިޔާލު ތަފާތުތައް އެއްކިބާކޮށް، މުޅި ދިވެހިރާއްޖޭގައި ދިރިއުޅޭ އާބާދީ ވެކްސިންގެ 2 ޑޯޒް ޖަހާ ނިންމުމެވެ.“ އެމްޓީޑީ އިން ބުނެފައިވެއެވެ.

ސަރުކާރުން އަންނަނީ ވެކްސިނޭޝަން ޕްރޮގްރާމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ، ދެ ޑޯޒު ޖެހުމަށް އިލްތިމާސް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button