
ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ބަސްމަދު އަމަލު ގިނަ ރައީސެއް ކަމަށް މޯލްޑިވްސް ތާޑުވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން ބުނެފިއެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިޔާސީ ޕާޓީ ކަމަށްވާ އެމްޓީޑީއިން ކުރި ޓުވީޓެއްގައި ބުނީ ލަންކާ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސުލްހަވެރިކަމާއި އެކު އެގައުމުގެ ރައީސް އިސްތިއުފާ ދެއްވައި، މުޅި މި ސަރަހައްދައް ފިނިކަން ގެނެސްދެއްވި އާރުކާޓީއަކީ ރައީސް ސޯލިހު ކަމުގައެވެ.
ލަންކާ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސުލްހަވެރިކަމާއި އެކު އެގައުމުގެ ރައީސް އިސްތިއުފާދީ، މުޅި މިސަރަހައްދައް ފިނިކަން ގެނެސްދިން އާރުކާޓީ، ބަސްމަދު އަމަލުގިނަ ރައީސް ސާލިހުއަށް މަރުހަބާ ދަންނަވަން! ފާޑު ކިޔުމަކީ ފަސޭހަ ކަމެއް، ކަން ކުރާނީ ލީޑަރުން! ކުރިޔަށް ދިވެހި ގައުމު!
— Maldives Third-Way Democrats (@MTDSecretariat) July 14, 2022
”ބަސްމަދު އަމަލުގިނަ ރައީސް ސާލިހުއަށް މަރުހަބާ ދަންނަވަން. ފާޑު ކިޔުމަކީ ފަސޭހަ ކަމެއް، ކަން ކުރާނީ ލީޑަރުން. ކުރިޔަށް ދިވެހި ގައުމު.“ އެމްޓީޑީއިން ބުންޏެވެ.
ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ހުއްދަ ދިން ކަމަށް ރައީސް އިބްރާހިމް މުހައްމަދުގެ ކޯލިޝަން ސަރުކާރުން ވަނީ އިއްޔެ އެއްބަސް ވެފައެވެ.
ހާރިޖީ ވުޒާރާއިން އިއްޔެ ނެރުނު ކުރު ބަޔާނެއްގައި ބުނީ އެކަން އެގޮތަށް ކުރީ ލަންކާ ސަރުކާރުން އެދިގެން ކަމުގައެވެ. އަދި މިމަހުގެ 13 ވަނަ ދުވަހު ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވި އެއާފޯސްގެ މަތިންދާބޯޓަށް ޑިޕްލޮމެޓިކް ކްލިއަރެންސް ދީފައިވަނީ ޓްރާންސިޓް ވުމަށް ރާއްޖެ އަންނަން ޖެހޭތީކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ބަޔާނުގައިވާގޮތުން ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަތީ މިމަހުގެ 14 ވަމަ ދުވަހުގައެވެ.
ގޮތަބަޔާ ރާއްޖެ ގެނައުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތީ ސަރުކާރުގެ އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެކަމަކު އެމަނިކުފާނު އެކަމުގައި އުޅުއްވަން ޖެހިވަޑައިގަންނަވާ ހައިސިއްޔަތަކީ ކޮބައި ކަމެއް ނޭނގެއެވެ.
ސަރުކާރުގެ މި އަމަލުގެ ސަބަބުން ގައުމެއްގެ ދާހިލީ ކަމެއްގެ ތެރެއަށް ރާއްޖެއިން ވަތް ކަމަށް ބުނެ ލަންކާ ރައްޔިތުން ވަނީ އެގައުމާއި ރާއްޖޭގައިވެސް މުޒާހަރާ ކޮށްފައެވެ.
ބޮޑު މުޖުރިމަކު ބޭނުންކޮށްގެން އޮޅުވާލައި ރައްޔިތުން ވާވައްދާ ޔަހޫދީ ޒާލިމެއް.