ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް ބަޔަކު އެއްވީ އަދީބާއި ރައީސް ސޯލިހުގެ ސިއްރު މަޝްވަރާއަކަށް ފަހު!

މޯލްޑިވްސް ޔޫތު ފޯސް“ ޖަހާފައިވާ ޓީޝާޓު ލައިގެން ތިބި ބަޔަކު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގެކޮޅު ކައިރިއަށް އެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯހިލާއި ކުރީގެ ނައިބް ރައީސް އަދީބުގެ ސިއްރު މަޝްވަރާއަކަށްފަހުގައިކަން “ބޮންތި” އަށް ކަށަވަރުވެއްޖެއެވެ.

ރައީސް ޔާމީން ހުއްޓުވަން ކަމަށް ބުނެ ޒުވާނުންތަކެއް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ހ.ދޫވެހި ކައިރި އަށް މިއަދު ހަވީރު ވަނީ އެއްވެފައެވެ.

މި އެއްވުމަކީ އަދީބު އުފެއްސި ސިޔާސީ ޕާޓީއެއް ކަމަށްވާ އެމްޓީޑީ އިސްވެ އޮވެ ހިންގި ހަރަކާތެކެވެ. އެއްވުމުގެ ބައިވެރިން ވަނީ ”އިންޑިއާ އައުޓް“ ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ހިންގަމުން އަންނަ ކެމްޕެއިނާ ދެކޮޅަށް އަޑު އުފުލާފައެވެ.

މި އެއްވުމަށް ފަންޑުކޮށްދީފައިވަނީ އިންޑިއާ އެމްބަސީންކަންވެސް އިތުބާރު ހުރި މަސްދަރަކުން ”ބޮންތި“އަށް ވަނީ ކަށަވަރުކުރެވިފައެވެ.

މި އެއްވުމުގައި ބައިވެރިވެފައިވަނީ ވިއްސަކަށް މީހުންނެވެ. މި އެއްވުމުގައި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހަލީމް ވަނީ ބައިވެރިވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހަރަކާތުގެ ތެރެއިން އެމްޓީޑީގެ ސެކެޓްރީ ޖެނަރަލް އަހުމަދް އަޝްރަފް ( ޝުމްބާ ) ވަނީ ހައްޔަރުކޮށްފައެވެ.

އިދިކޮޅު ޒުވާނުންގެ ގޮފިން މި ހަރަކާތުގެ ބައިވެރިންނަށް ހުރަސްއެޅުމުގެ ސަބަބުން އެމީހުން ވަނީ އެ ސަރަހައްދު ދޫކޮށް ފިލާފައެވެ.

މި ހަރަކާތަކީ ފުލުހުން ހުއްދަ ދީގެ ކުރިޔަށް ގެންދިޔަ ހަރަކާތެއް ތޯ އަދި އިދިކޮޅުން އެ ސަރަހައްދަށް އެއްވާއިރަށް ފުލުހުން އައިސް އެފަދަ އެއްވުންތައް ރޫޅާލާއިރު މި އެއްވުން ރޫޅާނުލީ ކީއްވެތޯ ”ބޮންތި“ އިން ކުރި ސުވާލަށް ފުލުހުން ޖަވާބެއް ނުދެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button