ޚަބަރުސިޔާސީ

އެމްއެންޕީ އަށް ތާއީދު ކުރަން ޖެހެނީ ކުރީގެ ރައީސުންގެ އިރުޝާދުގެ ދަށުން ކުރި މަސައްކަތްތަކުގެ ސަބަބުން: ނާޒިމް

އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދާ މޯލްޑިވްސް ނޭޝަނަލް ޕާޓީ ( އެމްއެންޕީ ) އަށް ތާއީދު ކުރަން ޖެހެނީ ކުރީގެ ރައީސުންގެ އިރުޝާދުގެ ދަށުން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު، ދަނގެތި ދާއިރާގެ މެންބަރު އަދި އެމްއެންޕީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ”ބޮންތި“ ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ ގައުމަށް ދިމާވެފައިވާ އެކިއެކި މުހިންމު ކަންކަމުގައި އެބޭފުޅުން ލީޑާޝިޕް ދައްކަވާފައި ވާނެ ކަމުގައެވެ.

އެގޮތުން 2014 ވަނަ އަހަރު ކުރިމަތިވި ފެނުގެ ދަތިކަމުގެ ކާރިސާގައި އެމަނިކުފާނުގެ ޑިފެންސް މިނިސްޓަރެއްގެ ހައިސިއްޔަތުން ލީޑާޝިޕް ދައްކާފައިވާނެކަން ނާޒިމް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ނާޒިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ފެނުގެ ކާރިސާ ކުރިމަތިވިއިރު ރައީސް ޔާމީން ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށާއި ހުރިހާ ކަމެއް މެނޭޖް ކުރީ އޭނާ އެކަނި ކަމުގައި ނާޒިމް ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button