ޚަބަރު

ގިނަ އަދަދެއްގެ ފުލުހުންގެ ޕްރޮމޯޝަންތައް ހިފަހައްޓައިފި

ގިނަ އަދަދެއްގެ ފުލުހުންގެ ޕްރޮމޯޝަންތައް ހިފަހައްޓާފައިވާކަމުގެ މައުލޫމާތު ”ބޮންތި“ އަށް ލިބިއްޖެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ފުލުހުންގެ ޕްރޮމޯޝަންތަކާ ގުޅޭ މައުލޫމާތު އެނގޭ ފުލުހަކު ބުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުން ފެށިގެން ރައީސް ޔާމީންގެ ވެރިކަމާ ހަމައަށް ބަޖެޓު ނެތިގެން ކަމަށް ބުނެ ފުލުހުންގެ ޕްރޮމޯޝަން ހިފަހައްޓާފައިނުވާކަމުގައެވެ.

”އެތައް ބައިވަރު ފުލުހުންގެ ޕްރޮމޯޝަންތައް ހުރީ ހިފަހައްޓާފަ. މިއީ އެތެރޭގެ ސްޓާފުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް.“ އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ފުލުހުންގެ ޕްރޮމޯޝަންތައް ލިމިޓު ކުރުމަށްފަހު ވެރިންނަށް ފެންނަ ބަޔަކަށް ޕްރޮމޯޝަންތައް އަންނަނީ ދެމުންނެވެ. ހާއްސަކޮށް ހޯމް މިނިސްޓަރު އިމްރާން އާއި ގުޅުން އޮންނަ ފަރާތްތަކަށް އިސްކަންދޭކަން އޭނާ ފާހަގަކުރިއެވެ.

2012 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައިވެސް ފުލުހުންގެ ބައެއް އިސްވެރިންނާއި ގާތް ފުލުހުންތަކަކަށް ޕްރޮމޯޝަންދީ އެ ފުލުހުން ކޮމިޝަންޑް އޮފިސަރުންނަށް ބަދަލުކުރުމަށް ނިންމިއެވެ. އެއީ ޕްރޮމޯޝަން ދިނުމުގެ ގަވާއިދުގައި އޮންނަ ޖޫނިއާ އޮފިސާސް ކޮމާންޑް ކޯސް ފުރިހަމަ ނުކުރާ، އަދި ޝަރުތު ހަމަ ނުވާ ފުލުހުންތަކެކެވެ. އެކަން އޭރު ކުރަން އުޅުނީ އަލަށް ތަސްދީގު ކުރި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިންނެވެ.

މިކަމާ ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން ޖަވާބެއް ނުދިނެވެ.

One Comment

  1. މީހާރުވެސް ބޯޑުން ނިމާފައޮވާ ޕްރޮމޯޝަންވެސް ވަނީ ބަޖެޓު ނެތުމުންނޭ ކިޔާފައި ހިފަހައްޓާފައެވެ. އަދި މިހާރު ހަރަދު ކުޑަ ކުރަންށޭ ކިޔާފައި ނުދީ ހިފަހައްޓަނީ. އެކަމު މިހާރުވެސް ސީޕީ ކަޕް ވޯލީ މުބާރާތަށް ރެޑީވަޏނީ. 2023 އޮތީ ކުރިއަށް ވޯޓްވެސް ބޭނުންވާނޭ ދެއްތޯ..

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button