ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ލީޑަރު ކާނަލް ރިޓަޔާރޑް މުހައްމަދު ނާޒިމަކީ ގައުމަށް ގައްދާރުވެފައިވާ ބޭފުޅެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް ވިދާޅުވެއްޖެއެވެ.
އަބްދުރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ދިވެހި ރާއްޖެއަށް ބޭނުންވަނީ ދީނާ މިނިވަންކަން ދަމަހައްޓާއި, ގައުމަށް ފުދުންތެރިކަން އިތުރުކޮށްދޭނެ ވެރިއެއް ކަމަށެވެ. އަދި ތަފާތުކުރުމެއްނެތި ގާނޫނު ތަންފީޒުކޮށް ރައްޔިތުން އެދޭ ތަރައްގީ ގެނެސްދެވޭނެ އަދި ގެނެސްދެއްވި ވަޠަނީ ލީޑަރެއްކަމަށާއި, އެ ލިޑަރަކީ ރައީސް ޔާމީން ކަމަށް އަބްދުރަހީމްގެ މި ޓްވީޓުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ކާނަލް ނާޒިމަށް ނިސްބަތްކޮށް މި ޓްވީޓުގައި ވިދާޅުވީ, ގައުމުގެ ގައްދާރުންނަކީ އެއީ ކަމަށާއި, ރައްޔިތުންތިބީ ހޭލައި ބަލަން ކަމަށެވެ.
ބެލެވޭ ގޮތުގައި އަބްދުރަހީމްގެ މި ޓްވީޓަކީ ކާނަލް ނާޒިމް ދާދިފަހުން ރައީސް ޔާމީނަށް ނިސްބަތްކޮށް ކުރި ޓްވީޓަކާއި ގުޅިގެން ދެއްވި ރައްދެކެވެ. އެގޮތުން ކާނަލް ނާޒިމްގެ ޓްވީޓުގައި ވިދާޅުވެފައިވަނީ އެންމެ ބޮޑު ގައްދާރަކީ ރައީސް ޔާމީން ކަމަށެވެ.
އެބޭފުޅާގެ މި ޓްވީޓް ރައީސް ޔާމީނަށް އަމާޒުވީ, ސަރުކާރުގެ އިސްފަޑީގައި ތިއްބެވި ގިނަ ބޭފުޅުންތަކަކަށް އެއްޖިންސުން ގުޅުން ހިންގުމާއި އަދި ޒިނޭކުރުމުގެ ތުހުމަތުކުރެވެމުންދާ މި ދަނޑުވަޅުގައި, އެފަދަ ބަޔަކު ވެރިކަމަށް ގެނައީ ކާނަލް ނާޒިމްގެ ވާގެވެރިވުންވެސް އޮވެގެން ކަމަށް ރައީސް ޔާމީން ވިދާޅުވުމުންނެވެ.
އަބްދުރަހީމް މިފަދައިން ވިދާޅުވެފައިވާއިރު, ކާނަލް ނާޒިމް ތަކުރާރުކޮށް ގެންދަވަނީ ރައީސް ޔާމީންއާއި ދެކޮޅަށް ބަސްވިދާޅުވަމުންނެވެ. އަދި މިކަމާ ގުޅިގެން ރައީސް ޔާމީންގެ ސަޕޯޓަރުންގެ ފާޑުކިޔުން އިންތިހާއަށް ވަނީ ނާޒިމަށް އަމާޒުވެފައެވެ.
ކާނަލް ނާޒިމް ވަނީ ރައީސް ޔާމީންގެ ޒައާމަތުގައި ޑިފެންސް މިނިސްޓަރުގެ މަގާމު އަދާކުރައްވާފައެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރު އެބޭފުޅާ ވަނީ ރާއްޖެއަށް ފިސްތޯލައެއް އެތެރެކުރި މައްސަލައިގައި މަގާމުން ވަކިކޮށް ޖަލަށް ލާފައެވެ.
ނާޒިމު ވެގެން އެއުޅެނީ މޮޔަވެގެން