ޚަބަރު

ރައީސް ޔާމީނަކި އެންމެ ގިނަ ވަޒީފާ އުފެއްދެވި ރައީސް: ވައްޑެ

ރައީސް ޔާމިނަކީ އެންމެ ގިނަ ވަޒީފާ އުފެއްދެވި ރައީސް ކަމަށް ޕީޕީއެމްގެ ސެނެޓަރު އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި މިހާތަނަށް ރައީސްކަން ކުރެއްވި ރައީސުންގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ވަޒީފާތައް އުފެއްދަވައި, އެންމެ ގިނަ ޕާކު އަޅުއްވައި, އެންމެ ގިނަ ފެނުގެ ނިޒާމް ގާއިމްކުރެއްވި ރައީސަކީ ރައީސް ޔާމީނު ކަމަށެވެ. އަދި ހަމަ އެހެންމެ އެންމެ ގިނަ މިސްކިތްތައް ބިނާކޮށްދެއްވައި, އެންމެ ބޮޑު ހޮސްޕިޓަލް އަޅުއްވައި, އެންމެ ދިގު ރަންވޭ ހެއްދެވީވެސް ރައީސް ޔާމީން ކަމަށް ވަހީދުގެ މި ޓްވީޓުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ, އެންމެ ގިނަ ސްކޫލު ބިނާކޮށްދެއްވައި, އެންމެ ގިނަ ބަނދަރު ހެއްދެވި ރައިސްއަކީވެސް ރައީސް ޔާމީން ކަމަށެވެ. ވަހީދުގެ މި ޓްވީޓުގައި އިތުރަށް ވަނީ އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ކޮށްދެއްވީ ކޮންކަމެއްތޯ ސުވާލުކުރައްވާފައެވެ. ވަހީދު މި ޓްވީޓު ކުރައްވާފައިވަނީ އެމްއެންޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އުމައިރު އަހްމަދު ރައީސް ޔާމިނަށް އަމާޒުކޮށް ކުރި ޓްވީޓަކާއި ގުޅިގެންނެވެ.

އުމައިރުގެ މި ޓްވީޓުގައި ބުނެފައިވަނީ, ރައީސް ޔާމީނަކީ ”ބޮޑު ވަގެއް“ އަދި އަނިޔާވެރިއެއް ކަމަށެވެ. އަދި އޭނާގެ މި ޓްވީޓުގައި ވަނީ ވަރަށް ހުތުރުބަހުން ރައީސް ޔާމީނަށް ފާޑުވިދާޅުވެފައެވެ.

”ކަލެޔަށް ނާދެވޭނެ ވެރިކަމަށް. ހުވަފެން ބެލުން ހުއްޓާލާ“. އެމްއެންޕީގެ ޒުވާނުންގެ ގޮފީގެ ރައީސް ވިދާޅުވިއެވެ.

އުމައިރު މިފފަދައިން ޓްވީތުކޮށްފައިވާއިރު, އެމްއެންޕީގެ ލީޑަރު ކާނަލް ނާޒިމްވެސް ގެންދަވަނީ ރައީސް ޔާމިނަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އަދި މިކަމާ ގުޅިގެން ރައީސް ޔާމީނު ސަޕޯޓަރުންގެ ފާޑުކިޔުން އިންތިހާއަށް ދަނީ ކާނަލް ނާޒިމާއި އެމްއެންޕީއަށް އަމާޒުވަމުންނެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button