ޚަބަރުސިޔާސީ

އަދިވެސް އަޅުގަނޑު މަރާލަން މަސައްކަތް ކޮށްފާނެ: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރާއްޖެއަށް ވަޑައިގަންނަވާ ތަނުން އަނެއްކާވެސް ހަމަލާއެއްދޭން މަސައްކަތް ކޮށްފާނެ ކަމަށް ދޭހަވާފަދަ މޭރުމަކުން އެމަނިކުފާނު ވާހަކަފުޅު ދައްކަވައިފިއެވެ.

މެއި 6 ގައި ނަޝީދަށް ދިން ހަމަލާއާއި ގުޅޭގޮތުން ރައްޔިތުންް މަޖިލީހުގެ 241 ކޮމެޓީއިން ތައްޔާރުކުރި ރިޕޯޓް އެރުވުމަށްޓަކައި އޮންލައިން ކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މާލެއަށް ވަޑައިގަންނަވާތަނުން އަވަހާރަ ކޮށްލަން އުޅޭ ކަހަލަ ރޭވުމެއް އޮވެގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ގައުމުގެ ވެރިންނަށް މިގޮތަށް ހަމަލާތައް އަމާޒުވުމަކީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

މޭ 6 ގައި ނަޝީދަށް ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު މި ވަގުތު ހުންނެވީ އިނގިރޭސި ވިލާތުގައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދީފައިވާއިރު، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަކޮށްލަންވެސް އެމަނިކުފާނުގެ ވެރިކަމުގައި ބަޔަކު މަސައްކަތް ކޮށްފައިވެއެވެ. ރައީސް ޔާމީން އަވަހާރަކޮށްލަން ގޮއްވާލީ އެމަނިކުފާނު ދަތުރު ކުރައްވަމުން ގެންދެވި ފިނިފެންމާ ލޯންޗުކޮޅެކެވެ. އެ ހަމަލާގައި ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އިތުރުން ބައެއް ބޮޑީގާޑުންނަށްވެސް އަނިޔާ ލިބުނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button