މާލޭ ދަފްތަރުން މީހުން އުނި ކުރަނީ
މާލޭ ދަފްރަތުން މީހުން އުނި ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ދަފްތަރުގައި ޖެހިފައިތިބި މީހުންގެ ތެރެއިން ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފްލެޓެއް ނުވަތަ ގޯތި ލިބިފައި ހުރި ފަރާތްތައް މާލޭގެ ދަފްތަރުން އުނި ކުރުމަށް ނިންމާފައި ވާކަމަށެވެ.
މާލޭ ދަފްތަރުގައި ޖެހިފައިތިބި މީހުންގެ ތެރެއިން ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފްލެޓް/ގޯތި ލިބިފައިހުރި ފަރާތްތައް ދަފްތަރުން އުނިކުރުމަށް އަދި މައިމުޅަވެފައިވާ ފަރާތްތައް ދެނެގަތުމަށް އެފަރާތްތަކުން މަޢުލޫމާތު ޙިއްސާކުރުމަށް ކައުންސިލްއިން ހުޅުވާލުމަށްވަނީ ނިންމާފައި
— Dr Mohamed Muizzu (@MMuizzu) July 11, 2021
މުއިއްޒު އިތުރަށް ވިދާޅުވީ މައިމުޅަވެފައިވާ ފަރާތްތައް ދެނެގަތުމަށް އެފަރާތްތަކުން މައުލޫމާތު ހުށައެޅުމަށް ވެސް ހުޅުވައިލައިފައިވާ ކަމަށެވެ.