ޚަބަރުސިޔާސީ

241 ކޮމިޓީގެ ރިޕޯޓަށް ކެޕްޓަން އިހުސާންގެ ފާޑުކިއުން

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ނެރުނު ރިޕޯޓަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް ) ގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ފާޑު ވިދާޅުވެއްޖެއެވެ.

އިހުސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ 241 ކޮމިޓީން އާންމުކޮށްފައިވާ ރިޕޯޓުގައި ސިފައިންގެ ވަކިވަކި އުނިޓް ތަކާއި މުޅި ސިފައިންގެ ”ރިއެކްޓް“ ކުރި ގޮތުގެ ތަފްސީލު ހިމެނުމަކީ ކުރިމަގުގައި މިފަދަ ކަންކަން ރާވާ މީހުނަށް ”ސެކަންޑަރީ“ ހަމަލާތައް ރޭވުމަށް މަގުފަހިވާނެ ކަމެއް ކަމުގައެވެ.

އިހުސާން އިތުރަށް ވިދާޅުވީ މިއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ.

އިހުސާން މިހެން ވިދާޅުވެފައި މިވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް މެއި މަހުގެ 6 ވަނަ ދުވަހު ދެވުނު ބޮމުގެ ހަަމަލާއާއި ގުޅޭގޮތުން މަޖިލީހުގެ 241 ކޮމެޓީއިން ނެރުނު ރިޕޯޓް ލީކުވެފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button