ޚަބަރުސިޔާސީ

އެގްރީމެންޓް އައު ނުކުރި ނަމަވެސް ވިނަރެސްއަށް ދައްކަން ޖެހޭނީ ކުޑަކުރި ކުލި: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ އެގްރީމަންޓް އަލުން ނުހެދިޔަސް، ފްލެޓުގެ ކުލިން އުނިކުރި އަދަދުން ފައިސާ ބަލައިގަންނަން ފަށާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ވިނަރެސްގެ ކުއްޔާ ބެހޭ ގޮތުން އާންމުންނަށް ބައެއް އޮޅުންތައް ވަނީ އަރާފައެވެ. އެކަންކަމާ ބެހޭ ގޮތުން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވެފައިވަނީ އައު އެގްރީމަންޓް ނެތް ނަމަވެސް ސިސްޓަމުން އެ ބަދަލު ދައްކާ ނަމަ ކުލިން އެ އަގު އުނިވާނެ ކަމަށެވެ.

 

ސިސްޓަމަށް ބަދަލު ގެނައުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށާއި އެ މަސައްކަތް އަންނަ އާދިއްތަ ދުވަހާ ހިސާބަށް އެއްކޮށް ނިމޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

 

އެޗްޑީސީން ކުރިން ބުނެފައިވަނީ ބޭންކު މެދުވެރިކޮށް ނުވަތަ އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކުރާ އުސޫލުން ވިނަރެސް ފްލެޓްތައް ގަނެފައިވާ މީހުންނަށް އާންމުކުރި ލުއިތައް ލިބޭނެ ކަމަށެވެ. އެ ކުންފުނިން ބުނީ ބޭންކު ލޯނަށް އެވްރެޖުކޮށް ދައްކަން ޖެހޭ އަދަދުން 4،200ރ. އެވްރެޖުކޮށް ކުޑަކުރާނެ ގޮތަށް ފްލެޓުގެ އަގުން ޑިސްކައުންޓް ދޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button