ޚަބަރުސިޔާސީ

ކުޅުންތެރިންނަށް ’ހައި ޕާރފޯމަންސް ސެންޓަރު’ތަކެއް ޤާއިމްކުރަނީ

ޤައުމީ ޓީމްތަކުގެ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ’ހައި ޕާރފޯމަންސް ސެންޓަރ’ތަކެއް ޤާއިމް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުޅިވަރު މުބާރާތްތަކަށް ދިވެހި އެތުލީޓުންނާއި ކުޅުންތެރިން ތަމްރީނުކުރުމުގެ ދުރު ރާސްތާގެ ޕްލޭނެއް އެކަށައަޅައި އެކަމަށް މަސައްކަތް ފަށްޓަވާނެ ކަމަށެވެ. އެގޮތުން ޤައުމު ތަމުސީލުކުރާ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކުރުމަށް ’ހައި ޕާރފޯމެންސް ސެންޓަރު’ތަކެއް ޤާއިމްކުރައްވާނެ ކަމަށެވެ.

 

ހައިޕާފޯމެންސް ސެންޓަރުތަކަކީ ކުޅިވަރުތަކުގެ އެތްލީޓުން ”އެލީޓް“ ލެވަލެއްގައި ތަމްރީންކޮށް ވާދަވެރި ކުޅިވަރުގެ މާޙައުލަކަށް ބޭނުންވާ ފޯކަސް އާއި ބުންވަރު އަދި ކުޅިވަރުގެ އަޚްލާޤް ދެމެހެއްޓުމަށް ދާއިރާގެ އެންމެ މަތީފެންވަރުގެ ކޯޗުންގެ އިރުޝާދާއި އެހީތެރިކަން ލިބޭނެ ގޮތަށް ފަރުމާކުރެވޭ ސެންޓަރުތަކެކެވެ. މިފަދަ ސެންޓަރެއް މީގެކުރިން ރާއްޖޭގައި ޤާއިމްކޮށްފައެއް ނުވެއެވެ.

 

ކުޅިވަރަށް  ޚާއްސަ ވުޒާރާއެއް އުފެއްދެވީ، އެވުޒާރާގެ ދަށުން މި ދާއިރާއަށް ބޭނުންވާ ކަންކަން ހޯދައި އެކަންކަމަށް އެދެވިގެންވާ ހައްލެއް ހޯދައި ދިނުމަށް ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button