ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކަނީ

ހުޅުމާލެ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައި ބީލަމަށް ލައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކިއެކި ފަންތީގައި ހިމެނޭ މީހުންނަށް މި ފުރުސަތުގެ ބޭނުން ހިފޭނެ ކަމުގައެވެ. އަދި މި މަޝްރޫއުން ލިބޭ ފައިސާ އިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:

  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • އުމުރުން 18 އަހަރު ފުރިފައިވުން.
  • ބީލަމުގެ އުސޫލުން ހުޅުމާލެއިން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން.

ގޯތި ވިއްކުމުގައި އެޗްޑީސީން އިސްކަންދޭ ކަންކަން:

  • އަލަށް ބިން ގަންނަ މީހަކު ކަމުގައިވުން.
  • މާލެއިން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ރަޖިސްޓްރީކޮށްފައި ނުވާ މީހަކަށްވުން.
  • ކޮންމެ މީހަކަށް ވެސް ގަނެވޭނީ ހުޅުމާލެ އިން އެއް ބިން.
  • ވިއްކަނީ 1،603.07 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިން.
  • ވިއްކަނީ ބީޗް ފްރަންޓް 26 ބިން، ބީޗް ސައިޑް 34 ބިން.

އެ ކުންފުނިން ބުނީ ބީޗް ފްރަންޓުން އަކަ ފޫޓަކަށް 3،900ރ. އަށް ބިން ވިއްކާނެ ކަމުގައެވެ.

”ބީޗް ސައިޑުން ވިއްކުމަށް ހަމަޖެހިފައި ވަނީ އަކަ ފޫޓަކަށް 3،500ރ. ހުށަހަޅާ އަގަށް %6 ޖީއެސްޓީ އިތުރު ކުރެވޭނެ.“ އެޗްޑިސީން ބުންޏެވެ.

އަންނަ އަހަރުގެ ޖެނުއަރީ 2 އިން ފެށިގެން 31 ޖެނުއަރީއާ ހަމައަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button