ޚަބަރު

ހުޅުމާލޭގެ އާބާދީއަކީ 92000 މީހުން ކަމަށް އެޗްޑީސީން ބުނެފި

މީގެ 18 ވަރަކަށް އަހަރު ކުރިން މީހުން އާބާދުވާން ފެށި ހުޅުމާލޭގައި މިހާރު ގާތްގަނޑަކަށް ލައްކައަކާ ކައިރިކުރާވަރަށް މީހުން ދިރިއުޅޭ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ހުޅުމާލެ އަކީ މާލެ ފިޔަވައި ރާއްޖޭގެ ދެން އޮތް އެންމެ އާބާދީއެވެ.

އެޗްޑީސީން ދުނިޔޭގެ އާބާދީ ދުވަހާ ގުޅުވައިގެން ނެރުނު ރިޕޯޓުގައި ވާގޮތުން މިހާރު ހުޅުމާލޭގެ އާބާދީއަކީ 92000 އެވެ.

މީގެ އިތުރުން އެޗްޑީސީގެ އަމާޒަކީ ފޭސް ވަންގަ 87000 ފޭސް ދޭއްގަ 143000 މީހުންގެ ބޮޑު އާބާދީއެއް ބިނާކުރުން ކަމުގައި އެޗްޑީސީން ނެރުނު ރިޕޯޓުގައިވެއެވެ. އެއީ ޖުމްލަ 230,000 މީހުންގެ ބޮޑު އާބާދީ އަކަށް ވެގެން ދާނެއެވެ. އެއިރަށް ހުޅުމާލެ ވެގެން ދާނީ މުޅިރާއްޖޭގައި ވެސް އެންމެ މީހުން ގިނަ އެއް އާބާދީ ގެގޮތުގައެވެ.

ހުޅުމާލޭގެ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ އިރު، އުމްރާނީ ތަރައްގީ ގެ ދުވެލި ވޭތުވިއަ ތިން އަހަރު ހުރީ 36% ގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button