ޚަބަރުސިޔާސީ

ރައީސް މުއިއްޒުގެ ވެރިކަމުގައި ދިވެހީންގެ އުންމީދުތަކުގައި ކުލަ ޖެހެނޭނެ: ރައްޒާން

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މި ފެށުނު ވެރިކަމުގައި ދިވެހީންގެ އުންމީދުތަކުގައި ކުލަ ޖެހިގެން ދާނެ ކަމުގައި ޕީޕީއެމްގެ ސެނެޓަރ އިބްރާހިމް ރައްޒާން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ހަރަކާތްތަކާއި ޒުވާނުންގެ އިވެންޓުތައް ރާވައި ހިންގެވުމުގައި އިސްކޮށް އުޅުއްވާ ރައްޒާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހީންގެ ރައީސް ޑރ. މުއިއްޒުގެ ވެރިކަން ވެގެންދާނީ ދިވެހިންގެ އުއްމީދުތަކުގައި ކުލަ ޖައްސާނެ، ހުވަފެންތައް ހަގީގަތަކަށް ހަދާނެ ވެރިކަމަކަށް ކަމުގައެވެ.

”ދިވެހި އިގްތިސާދާއި އިޖުތިމާއީ ފޭރާން ވެއްޓިފައިވާ އަނދަވަޅުން އެރުވޭނެ ވަރުގެ އިލްމީ ގާބިލް ލީޑަރެއް މިފަހަރު ހޮވުނީތީ ﷲ އަށް ހަމްދުކުރަން.“ ރައްޒާން ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެެރިކަމުގެ ހުވާ ކުރެއްވުމަށް ނޮވެމްބަރު 17 ވަނަ ދުވަހު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ހަފްލާއަށް ހުރަސް އަޅާނެ ކަމުގެ އިންޒާރު އެމްޑީޕީން މީގެ ކުރިން ދިނުމާއި ގުޅިގެން ރައްޒާން ވަނީ އެދުވަސްވަރު ރައީސް މުއިއްޒުގެ ދިފާއުގައި ވަކާލާތު ކުރައްވާފައެވެ.

https://x.com/razzanmdv/status/1728425355739050090?s=46&t=d5Erx7MhxLWnZidNvlgE-A

އެގޮތުން އޭނާ އެކަން ސިފަކުރެއްވީ ރާއްޖެ ބޭރު ގައުމުތަކުގެ އަސްކަރީ ބޭނުމަށް ވިއްކާލައިގެން ނުހައްގުން މުއްސަންދިވާން އުޅުނު ބައެއްގެ ބާރު ދިއުމުން ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޖަލުން މިނިވަން ކުރުމަށާއި، ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ހިންގުނު ހުރިހާ ހަރަކާތެއްގައި ރައްޒާން ވަނީ އިސް ދައުރެއް އަދާ ކުރައްވާފައެވެ. އެގޮތުން ރައްޒާން ވަނީ ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕާއި، އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ މުހައްމަދު އިސްމާއީލްގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުންގެ ބައިވެރިވުމާއެކު ވަރުގަދަ ސިޔާސީ ހަރަކާތްތަކެއް ހިންގަވާފައެވެ.

ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުކުރުމަށް އިދިކޮޅުން ބޭއްވި އެއްވުންތަކުގައި ރައްޒާން ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ރައްޒާންގެ ސިޔާސީ މަސައްކަތުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށް އެތައް ދުވަހެއް ވާންދެން ބަންދުކޮށްގެން ގެންގުޅުނެވެ. ރައްޒާންގެ ގާނޫނީ ވަކީލު އެކަން ސިފަކުރައްވަނީ ސިޔާސީ ގޮތުން ޒުވާނުން ބާރުވެރިކުރުވުމަށް ކުރެވޭ މަސައްކަތަށް ނުފޫޒު ފޯރުވައި ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button